އިންޓަނޭޝަނަލް ފެންވަރުގައި ބާއްވާ އަބުރުވެރި މިސް ވޯލްޑް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރަމުން އަންނަ މަރިޔަމް އީމާ މުހައްމަދު، އެ މުބާރާތުގެ ގަދަ 40 އަށް ގެންދިއުމަށްޓަކައި އާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.
މިސް ވޯލްޑް މޯލްޑިވްސްއިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީމާ ރާއްޖެ ތަމްސީލުކުރަމުން ދަނީ ވަރަށް ފުރިހަމަކަމާއެކު ކަމަށާއި، މި ދަނޑިވަޅުގައި އޭނާއަށް އާންމުންގެ އެއްބާރުލުމާއި ސަޕޯޓު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މި މުބާރާތުގެ "ޕީޕަލްސް ޗޮއިސް އެވޯޑް" ކާމިޔާބުކޮށް، ގަދަ 40 ގެ ތެރެއިން ޖާގައެއް ކަށަވަރުކުރުމަށްޓަކައި އީމާއަށް ދިވެހިންގެ ވޯޓު ނުހަނު މުހިންމެވެ. މި ވޯޓުލުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 20:00 އެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން ހިފާ، މުޅި ގައުމު އީމާގެ ފަހަތުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެ ފަރާތުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
އީމާއަށް ވޯޓުދޭން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮންލައިން ލިންކެއް މެދުވެރިކޮށް ވޯޓުލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.
އިންޓަނޭޝަނަލް މައިދާނުގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް އީމާ ކުރަމުންދާ މަސައްކަތުގައި ކޮންމެ ދިވެއްސެއްގެ ވޯޓަކީވެސް އޭނާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު