ކަންނަޑާ ސުޕަސްޓާރު ޔަޝް މުހިންމު ރޯލަކުން ފެނިގެންދާ އަދި ގީތޫ މޯހަންދާސް ޑައިރެކްޓްކޮށްފައިވާ އައު ފިލްމު "ޓޮކްސިކް" ގެ އެޑްވާންސް ބުކިންގްސް އިންޑިއާގައި އާދަޔާޚިލާފު ބޮޑު ތަރުހީބަކާއެކު ފަށައިފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި ހުޅުވާލި މި ފިލްމުގެ ހިންދީ ޑަބް ވާޝަންގެ އެޑްވާންސް ބުކިންގްސްގައި، އިންޑިއާގެ އެންމެ ބޮޑެތި ސިނަމާ ޗެއިންތައް ކަމަށްވާ ޕީވީއާރު އައިނޮކްސް އަދި ސިނެޕޮލިސް އިން އެކަނިވެސް، ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި ވަނީ 30،000 އަށް ވުރެ ގިނަ ޓިކެޓު ވިކިފައެވެ.
ބޮކްސް އޮފީސް އެނަލިސްޓުން ލަފާކުރާ ގޮތުގައި، މި ފޯރިއާއެކު މި އެކްޝަން ތުރިލާ ފިލްމު ރިލީޒްކުރާ ފުރަތަމަ ދުވަހު ހިންދީ މާކެޓުން އެކަނިވެސް 45 ކްރޯޑާއި 55 ކްރޯޑް ރުޕީސްއާ ދެމެދުގެ އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވެއެވެ. "ދުރަންދަރު 2" އަދި "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ފަދަ ބޮޑެތި ފިލްމުތަކާ އެއް އަގެއްގައި ޓިކެޓް ވިއްކަމުން ދިޔަ ނަމަވެސް، މި ފިލްމަށް އޮތް ޑިމާންޑް ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކާ އެއްވަރެވެ.
ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި "ޓޮކްސިކް" އިން ހޯދި މި ކާމިޔާބީއަކީ މީގެ ކުރިން ބޮޑު އާމްދަނީއެއް ހޯދި "އެނިމަލް"، "ދުރަންދަރު"، "ޓައިގަރ 3" އަދި "ސްޕައިޑަމޭން" ފަދަ ފިލްމުތަކުގެ ފުރަތަމަ 6 ގަޑިއިރުގެ ވިކުރާއަށް ވުރެ ވެސް މަތީ އަދަދެކެވެ. މަލްޓިޕްލެކްސް ތަކުގެ އިތުރުން ސިންގަލް ސްކްރީން ސިނަމާތަކުގައި ވެސް އެޑްވާންސް ބުކިންގް އުޅެނީ ވަރަށް ވަރުގަދަކޮށެވެ.
މިއީ 2026 ވަނަ އަހަރު މިހާތަނަށް ރެކޯޑުކުރެވުނު ދެވަނައަށް އެންމެ ބޮޑު އެޑްވާންސް ބުކިންގް އެވެ. އެއްވަނައިގައި އޮތް "ދުރަންދަރު 2" އަކީ މަޝްހޫރު ފްރެންޗައިޒް އެއްގެ ފިލްމަކަށް ވީއިރު، "ޓޮކްސިކް" އަކީ އަމިއްލަ މުޅިން އައު ވާހަކައެއްގެ މައްޗަށް ބިނާކޮށް، ކަންނަޑާ ސިނަމާއިން އުފައްދާފައިވާ އޮރިޖިނަލް ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު