މާލޭ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުން ތަހުގީގު ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ 2026 އޯގަސްޓް 20 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:51 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމް އެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު