ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން" (ސަސެކް) ކަސްޓަމްސް ސަބްގްރޫޕް ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ޒަމާނީ ކޮށްފައިވާ ކަމަށާއި އަދި ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް ދަނީ އިތުރުކުރަމުން ކަމަށެވެ.

ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާ ނުނެގޭނެ ކަމަށާއި، ވަކިވެގަނެގެން ހިންގާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުން ނޫން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ." ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަން ކުރުމާއި، ބޭނުންނެތް އިޖުރާއަތުތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމާއި، އަދި މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، ބޯޑަރުތައް ރައްކާތެރިކުރުމާއި، އަދި އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަސި ސްރީލަންކާއިން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު