ޓޮމް ހޮލެންޑްގެ އެންމެ ފަހުގެ ސްޕައިޑަރ-މޭން ފިލްމަށް ރިލީޒްކުރިތާ އެންމެ 17 ވަރަކަށް ދުވަސްތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.
މިއާއެކު މި ފިލްމު މިވަނީ ’ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް‘ ފަހަތަށް ޖައްސާލައި، މި ސިލްސިލާގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފު ހޯދާފައެވެ. އަދި ޝްވެކް ސިނަމާގައިވެސް މި ފިލްމަށް އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ސޮނީ ޕިކްޗާސް އަދި މާވެލް ގުޅިގެން ގެނެސްދިން ’ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ‘ އަކީ ސިނަމާގެ ތާރީޚުގައި 2 ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނައަޅައި ދިޔަ 8 ވަނަ ފިލްމެވެ. މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ގާތްގަނޑަކަށް 2.022 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މީގެ ތެރޭގައި އުތުރު އެމެރިކާއިން ލިބުނު 785.8 މިލިއަން ޑޮލަރާއި، ބައިނަލްއަޤްވާމީ މާކެޓްތަކުން ލިބުނު ގާތްގަނޑަކަށް 1.236 ބިލިއަން ޑޮލަރު ހިމެ
ނެއެވެ. މިއީ ތާރީޚުގައި ދެވަނައަށް އެންމެ އަވަހަށް 2 ބިލިއަން ޑޮލަރު ހަމަކުރި ފިލްމެވެ. މި ރެކޯޑުގެ އެއްވަނައިގައި އޮތީ އެންމެ 11 ދުވަހުގެ ތެރޭގައި މި އަދަދު ހަމަކުރި ’އެވެންޖާސް: އެންޑްގޭމް‘ އެވެ.
މި ފިލްމު މިވަނީ 2021 ވަނަ އަހަރު ނެރުނު ’ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް‘ އަށް ލިބުނު 1.92 ބިލިއަން ޑޮލަރުގެ ރެކޯޑު މުގުރާލައި، ސޮނީ ޕިކްޗާސްގެ ތާރީޚުގައި ސިނަމާތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން، ރާއްޖޭގެ ޝްވެކް ސިނަމާގައިވެސް މި ފިލްމު ބެލުމަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. ބައިނަލްއަޤްވާމީ ގޮތުން ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން މި ފިލްމު ޝްވެކް ސިނަމާގައި ދައްކަމުން އަންނައިރު، ފިލްމު އެޅުވިތާ ހަފުތާތަކެއް ވެގެންދިޔައިރުވެސް ޓިކެޓުގެ ޑިމާންޑަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އާންމުކޮށް ބޮޑެތި ފިލްމުތައް އެޅުވުމަށްފަހު ފުރަތަމަ ހަފުތާތަކަށްފަހު ބެލުންތެރިން މަދުވި ނަމަވެސް، މި ފިލްމަށް އޮތް ޝައުޤުވެރިކަން އަދިވެސް ދަނީ އިތުރުވަމުންނެވެ. މި ތަރުޙީބަށް ބަލައި، ކުރިއަށް އޮތް ތިން ހަތަރު ހަފުތާއަށް ޝްވެކް ސިނަމާގައި މި ފިލްމު ދައްކާނެ ކަމަށް ބެލެވެއެވެ.
ވިދިވިދިގެން ތިންވަނަ ހަފުތާ ބަންދުގައިވެސް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދައި، މި ފިލްމަށް އިތުރު 70 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ބައިނަލްއަޤްވާމީ މާކެޓްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޗައިނާއިންނެވެ. އެއީ ގާތްގަނޑަކަށް 210 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ޔޫކޭ އަދި އަޔަލެންޑުން 106 މިލިއަން، މެކްސިކޯއިން 78 މިލިއަން، ފްރާންސުން 63.7 މިލިއަން އަދި އިންޑިއާއިން 59.6 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.
ތާރީޚުގެ އެންމެ ކާމިޔާބު ފަސް ފިލްމުގެ ތެރެއަށް ވަނުމާ ގާތަށް ސްޕައިޑަރ-މޭން ބްރޭންޑް ނިއުޑޭ 2.02 ބިލިއަން ޑޮލަރު ހަމަކޮށްފައިވާ އިރު، ’އެވެންޖާސް: އިންފިނިޓީ ވޯ‘ (2.05 ބިލިއަން) ފަހަތަށް ޖައްސާލުމަށް ބޭނުންވަނީ ގާތްގަނޑަކަށް 31 މިލިއަން ޑޮލަރެވެ. އަދި އިތުރު 19 މިލިއަން ޑޮލަރާއެކު ’ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް‘ (2.07 ބިލިއަން) ފަހަތަށް ޖައްސާލައި، ތާރީޚުގެ 6 ވަނައަށް އެންމެ އާމްދަނީ ބޮޑު ފިލްމުގެ މަޤާމު މި ފިލްމަށް ލިބިގެންދާނެއެވެ. މި ލިސްޓުގެ ކުރިއަށް އޮތް އެންމެ ބޮޑު ޓާގެޓަކީ 2.26 ބިލިއަން ޑޮލަރު ހޯދާފައިވާ ’ޓައިޓެނިކް‘ އެވެ.
ދުނިޔޭގެ ސިނަމާގެ ތާރީޚުގައި 2 ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނައަޅައި ދިޔަ ޚާއްޞަ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ’އަވަޓާ‘، ’އެވެންޖާސް: އެންޑްގޭމް‘، ’އަވަޓާ: ދަ ވޭ އޮފް ވޯޓާ‘، ’ޓައިޓެނިކް‘، ’ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް‘، ’އެވެންޖާސް: އިންފިނިޓީ ވޯ‘، ’ނޭ ޒާ 2‘ އަދި މިހާރު ’ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ‘ އެވެ.

ކިޔުންތެރިންގެ ހިޔާލު