ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާ ކޮންމެ މީހެއްގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި ދެހާސް ރުފިޔާ ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލްގެ އިދާރާއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ ފަހަކަށް އައިސް އެ ރަށުގެ އާބާދީގެ ނިސްބަތަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ އާބާދީ ދަށްވިޔަ ނުދީ ވަކި މިންވަރެއްގައި ހިފެހެއްޓުމާއެކު، ކުރިމަގުގައި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ހިތްވަރުދީ ބާރުއެޅުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ، މި އާ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެންބަރު 2026 އިން ފެށިގެން ކަމަށެވެ.
މިހާރު ގާތްގަނޑަކަށް ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރުން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމާއި، އެމީހަކު ބޭނުންވާ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ފުރިހަމަ ގާނޫނީ ހައްގާއި އިހުތިޔާރު ލިބިދީފައިވެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށްރަށުން ރަށްވެހިކަން ދޫކޮށް މީހުން އެންމެ ގިނައިން ބަދަލުވަމުން ދަނީ ވެރިކަން ކުރާ މާލެއަށެވެ. އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އަތޮޅުތަކުގެ ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވަމުން ކަމަށް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު