ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދަން އެންގި އެންގުމަކީ އެ އޮތޯރިޓީއަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ބުނެފިއެވެ.
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ހުރިހާ ކައުންސިލުތަކަށް ސެޕްޓެމްބަރު އެއް ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި އަންގާފައިވަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުން ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ކައުންސިލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ މުޅިން ހިލާފަށް އަދި އެ ގާނޫނުން އެލްޖީއޭއަށް ލިބިދީފައިވާ ބާރުގެ ބޭރުން ނެރެފައިވާ އެންގުމެއް ކަމަށެވެ.
އަދި މިފަދަ އަމުރުތަކުގެ ސަބަބުން ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން، އެ އެސޯސިއޭޝަނުން މި ފިޔަވަޅު ސިފަކޮށްފައިވަނީ ބާރުތައް އަލުން މާލެއަށް މަރުކަޒުކުރުމަށް ސަރުކާރުން ހިންގަމުންދާ ސިލްސިލާ އަމަލުތަކުގެ ތެރެއިން އެޅިގެންދިޔަ އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ. އެހެންކަމުން، އެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމަކަށް ވާތީ ވަގުތުން އަނބުރާ ގެންދިއުމަށާއި، ގާނޫނުން ކައުންސިލުތަކަށް ދީފައިވާ އިދާރީ އަދި މާލީ މަސްއޫލިއްޔަތުތަކަށް ހުރަސް ނޭޅުމަށް އެލްޖީއޭއަށް ވަނީ ގޮވާލާފައެވެ.
އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް އެންގިއިރު، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލުތަކުގެ ބިންތައް އަތުލެވޭ ގޮތަށާއި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ކައުންސިލަރުން ދެކޮޅު ހެދުން މަނާކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު