ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވަން އުޅުނު އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޖެހުނީ ދިމާވި އިދާރީ މައްސަލަތަކަކާ ގުޅިގެން ކަމަށާއި، އަތޮޅުތަކުގައި ހުރި އެލްޖީއޭގެ ބްރާންޗުތަކުގައި ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ތިބިކަމުގެ ޝަކުވާ ކައުންސިލްތަކުން ހުށަހަޅަމުންދާ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ލަސްކުރި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، އިންތިޚާބަށް ތައްޔާރުވުމަށް އެލްޖީއޭގެ ފަރާތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމަކުރި ކަމަށެވެ. ނަމަވެސް، އަތޮޅުތެރޭގެ އެލްޖީއޭ ބްރާންޗުތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމާ ގުޅިގެން ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިމާލް ވިދާޅުވީ އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީ މީގެކުރިން އަތޮޅު ކައުންސިލްތައް އުވާލިއިރު އެތަންތަނުގައި ތިބި ވަކި ސިޔާސީ ފިކުރެއްގެ ބޭފުޅުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓުލާން ކައުންސިލަރުން އެހެން ރަށްރަށަށް ދާންޖެހޭ ޚަރަދު ކައުންސިލްގެ ބަޖެޓުން ހަމަޖައްސައިދެވެން ނެތްކަން ކައުންސިލަރުން ފާހަގަކުރަށްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ބައެއް ކައުންސިލްތަކުން ވޯޓުލާން ނުދާން ނިންމައި އެކަން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ކައުންސިލްތަކުން ބުނި އެމީހުން އެބަރާވައޭ އިންތިޚާބުގައި ވޯޓުލާން ނުދާން. އެކަމަކު ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީމާ އެބޭފުޅުންގެ ބެލުމުގެ ދަށުގަ ދޯއޭ ވޯޓުފޮށިތައް ހުރީ. ނާންނަ މީހުންގެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަލާފައި ވޯޓާސް ރަޖިސްޓްރީއިން އޭނަ އައިކަން ފާހަގަކޮށްފަ ދެން ވަރަށް ރަނގަޅެއްނު ހެއްޔޭ." އިންތިޚާބުގެ އިންސާފުވެރިކަމާމެދު އުފެދިފައިވާ ސުވާލުތައް ހިއްސާކުރައްވަމުން ނިމާލް ވިދާޅުވިއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު (ޕީއެންސީ) އާއި، ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ) އެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއިންގެ ގޮނޑިއަށް ވާދަކުރައްވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ) އަދި ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ) އެވެ.
މި އިންތިޚާބު އިދާރީ އެކި ސަބަބުތަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެލްޖީއޭއިން ނިންމާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު