އިމްރާން ހާޝިމީ: އާވާރާޕަން 2 ގެ މަންސަރެއްގެތެރެއިން
އިމްރާން ހާޝިމީ: އާވާރާޕަން 2 ގެ މަންސަރެއްގެތެރެއިން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ ފިލްމީ ޙަޔާތުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފާއެކު، ވިޝޭޝް ފިލްމްސް އާއި ޕެން މަރުދާރް ގުޅިގެން ގެނެސްދިން "އާވާރާޕަން 2" އިން 2026 ވަނަ އަހަރުގެ ތިންވަނައަށް އެންމެ ބޮޑު އޯޕަނިންގ ވިކެންޑް ރެކޯޑް ހަދައި، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ކުރީގެ ކާމިޔާބު ފިލްމު "އާވާރާޕަން" ގެ ސީކުއަލްއެއްގެ ގޮތުގައި ގެނެސްދިން މި ފިލްމު ބޮކްސް އޮފީހުގައި މިހާ ބޮޑު ތަރުޙީބެއް ހޯދުމުގެ މައިގަނޑު ސިއްރަކީ، ފިލްމުގެ ވަރުގަދަ ކޮންޓެންޓުގެ އިތުރުން ޑިސްޓްރިބިއުޓަރ "ޕެން މަރުދާރް" އިން އެކި ސަރަޙައްދުތަކަށް ފިލްމު ފޯރުކޮށްދިނުމުގައި ގެންގުޅުނު މޮޅު ސްޓްރެޓެޖީއެވެ. މި މަސައްކަތުގެ ސަބަބުން، މުކޭޝް ބަޓް، ވިޝޭޝް ބަޓް އަދި އިމްރާން ހާޝްމީ ފަދަ ފަންނާނުންގެ އިތުބާރު ޕެން މަރުދާރަށް އޮތް މިންވަރު ވަނީ އަނެއްކާވެސް ހާމަވެގެން ގޮސްފައެވެ.

ފިލްމުގެ ޕްރޮޑިއުސަރ ވިޝޭޝް ބަޓް ބުނިގޮތުގައި، "އާވާރާޕަން" ގެ ނަން ދަމަހައްޓައި މި ފިލްމު ބެލުންތެރިންނާ ހަމައަށް ފުޅާ ދާއިރާއެއްގައި ގެންގޮސްދިނުމުގައި ސަންޖޭ ޗަތަރާއި ޕެން މަރުދާރްގެ ޓީމުން ކުރި މަސައްކަތް ވަރަށް ފުރިހަމައެވެ. އަދި އިންޑިއާގެ ސިނަމާ މާކެޓް އެ ޓީމަށް އެނގޭ މިންވަރަކީ މި ކާމިޔާބީގެ މައިގަނޑު އަސްލު ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ކާމިޔާބީއާ ގުޅިގެން އެކްޓަރު އިމްރާން ހާޝްމީ ބުނީ، މި ފިލްމަށާއި އޭނާއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ލޯތްބަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވިޝޭޝް ފިލްމްސްއިން ފުރަތަމަ ފިލްމުގެ އަގު ހިފަހައްޓައި މޮޅު އުފެއްދުމެއް ގެނެސްދިން ފަދައިން، ޕެން މަރުދާރް އިން ފިލްމު އެންމެ ރަނގަޅު އޯޑިއަންސަކާ ހަމައަށް ވާސިލުކޮށްދިނުމުން މިފަދަ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

ޕެން މަރުދާރަކީ މީގެ ކުރިންވެސް "ޖަވާން" (2023)، "ބޫތު ބަންގްލާ" (2026)، "ޗާވާ" (2025)، "ސްޓްރީ 2" (2024)، "ގަންގޫބާއީ ކަތިއާވާޅީ" (2022)، "އާރް.އާރް.އާރް" (2022)، "ޑްރީމް ގާލް" (2023) އަދި "ޑަންކީ" (2023) ފަދަ އެތައް ބޮޑެތި ފިލްމުތަކެއް ކާމިޔާބުކަމާއެކު ސިނަމާތަކަށް ގެނެސްދީފައިވާ މަޝްހޫރު ކުންފުންޏެކެވެ.

މި ކާމިޔާބީއާ ގުޅިގެން ޕެން މަރުދާރް އިން ވަނީ ވިޝޭޝް ފިލްމްސްއަށާއި، ފިލްމު އެޅުވި ސިނަމާތަކުގެ ވެރިންނަށް އަދި ފިލްމަށް ބޮޑު ތަރުޙީބެއް ދިން ހުރިހާ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް