ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 227 މިލިއަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބަޖެޓު ފާސްކޮށްފައިވަނީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި ހިނގާ އަހަރަށް މަޖިލީހަށް ދީފައިވަނީ 226 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީގައި ބުނެފައިވަނީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އައު މަގާމުތައް އުފެއްދުމާއި، އެއްވެސް އައު އެލަވަންސެއް ތައާރަފު ކުރުމަށް ހިމަނާފައި ނުވާނެ ކަމަށެވެ.
އަންނަ އަހަރަށް 227 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީ މަޖިލީހުގެ މަރާމާތުތަކަށް ކުރަންޖެހޭ ޚަރަދުތަކާއި، ޖަލްސާތަކުގައި ބޭނުންކުރާ ތަފާތު ސާމާނުތަކުގެ ސްޕެއަރއަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގައި "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ގޮތުގައި މުހިންމު 3 މަޝްރޫއެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލިސް އިމާރާތުގައި އައު ލިފްޓެއް ހަރުކުރުމާއި، ސެކިއުރިޓީ ރޫމާއި ވެއިޓިންގ ރޫމުގެ ބައެއް މަސައްކަތްތައް ކުރުމާއި، މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދުގެ ކޮރިޑޯ އޭސީ ކުރުމުގެ މަސައްކަތެވެ.
މަޖިލީހުގެ އާންމު ކޮމިޓީން 227 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް، މި ބަޖެޓް ރަސްމީކޮށް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ އަޣުލަބިއްޔަތު ރުހުން ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު