ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރަންޖެހޭ ދެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރުހުންދީފިއެވެ.
މި ނަންތައް މަޖިލީހަށް ފޮނުއްވާފައިވަނީ އެލްޖީއޭ ބޯޑުގެ ތިން މެންބަރެއްގެ ދައުރު މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރަށްވާ މެންބަރެއްގެ ނަމެވެ. އެގޮތުން:
މިންތީގެ ހަމަހަމަކަން (ޖެންޑަރ އިކުއަލިޓީ) ދާއިރާއިން: އާއިޝަތު އާރިފާ، ތިބުރޯޒުގެ، ގދ. ގައްދޫ.
ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މުޙައްމަދު އާރިފް، ރަތްވިލާގެ، ށ. ކަނޑިތީމު.
މިއަދު ކުރިއަށްދިޔަ ލާމަރުކަޒީ ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައި ވަނީ، އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއެވެ. އެއާއެކު އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
އެލްޖީއޭގެ ބޯޑަކީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީ ދާއިރާގެ މެންބަރަކާއި، ގަވަރނަންސް ދާއިރާގެ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެއްގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. މީގެ އިތުރުން މާލީ ވުޒާރާގެ މުވައްޒަފަކާއި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު