މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ގައި ހުރީ 221.8 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ ޖުމުލަ 248.9 މިލިއަން ޑޮލަރެވެ. އެހެންކަމުން މިހާރު ރިޒާވްގައި ހުރި 221.8 މިލިއަން ޑޮލަރަކީ، ޖޫން މަހާ އަޅާބަލާއިރު 27.1 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ހަމައެއާއެކު ރާއްޖޭގެ ޖުމްލަ ރަސްމީ ރިޒާވަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ރިޒާވުގައި 686.83 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވް ވަނީ 638.03 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިއީ 48.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މިއީ 136.47 މިލިއަން ޑޮލަރުގެ ދަށްވުމެއް ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ.
އެމްއެމްއޭއިން ބުނީ، ޖުލައި މަހު ރަސްމީ ރިޒާވް މަދުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ބޭރު ފައިސާ ވިއްކި އަދަދު އިތުރުވެ، އެމްއެމްއޭއަށް ބޭރު ފައިސާ އެތެރެކުރި މިންވަރު މަދުވުމެވެ. ވަކިން ހާއްސަކޮށް ދަތުރުފަތުރު ކުރުމަށާއި، ބޭސްފަރުވާ އަދި އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި އަދަދު ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަނީ 172 އިންސައްތަ އިތުރުވެފައެވެ.
މީގެއިތުރުން، 2026 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގެ ރިޒާވް 1.3 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ޖުމްލަ 638.03 މިލިއަން ޑޮލަރުގެ ދަށްވުމެއް ވަނީ އައިސްފައެވެ. ރިޒާވަށް އެހާ ބޮޑު ބަދަލެއް އައީ ދައުލަތުން ދަރަނިތަކެއް ދައްކަން ޖެހުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު