ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޖަންނަތު"ގެ ތިންވަނަ ބައި، ނުވަތަ "ޖަންނަތު 3" އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ޕްރޮޑިއުސަރު ވިޝޭޝް ބަޓް ހާމަކޮށްފިއެވެ.
މިއުޒިކާއި އަސަރުގަދަ ލޯބީގެ ވާހަކައަކަށް ބިނާކޮށް 2008 ވަނަ އަހަރު ރިލީޒްކުރި "ޖަންނަތު" އަކީ އޭރުގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ފުރަތަމަ ފިލްމަށް 18 އަހަރު ފުރެން ކައިރިވެފައިވަނިކޮށް، "އާވާރާޕަން 2" ގެ މަސައްކަތްތަކާ އެކު ވިޝޭޝް ފިލްމްސް އިން މިހާރު ވަނީ މި ފްރެންޗައިޒްގެ އާ ފިލްމެއް ގެނެސްދިނުމަށް ވިސްނަމުންދާކަން ކަށަވަރުކޮށްދީފައެވެ.
"ޒޫމް" އަށް ދިން އިންޓަވިއުއެއްގައި ޕްރޮޑިއުސަރު ވިޝޭޝް ބަޓް ބުނީ، "އާވާރާޕަން 2" އަށް ފަހު އޭނާގެ ފޯކަސް "ޖަންނަތު 3" އަށް ހުއްޓިފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ސްކްރިޕްޓް ފައިނަލް ވެއްޖެތޯ ސުވާލުކުރުމުން އޭނާ ބުނީ، މިހާރު ކުރިއަށްދަނީ ސްކްރީންޕްލޭ އަދި ސްކްރިޕްޓްގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ވިޝޭޝް ވަނީ "އާވާރާޕަން 2" އަކީ ހަމައެކަނި ފައިސާ ހޯދުމުގެ ބޭނުމުގައި އުފައްދާ ފިލްމެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ފިލްމު ހެދުމުގެ ކުރިން ޑިސްޓްރިބިއުޓަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް، އަމިއްލަ ޚަރަދުގައި ފިލްމު ނިންމުމުން މާކެޓުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކުނާލް ދޭޝްމުކް ޑައިރެކްޓްކޮށް، މުކޭޝް ބަޓް ޕްރޮޑިއުސްކުރި "ޖަންނަތު" ސިނަމާތަކަށް އައީ 2008 ވަނަ އަހަރުގެ މެއި މަހުގެ 16 ގައެވެ. އިމްރާން ހާޝިމީ އާއި ސޯނަލް ޗޯހާން މުހިންމު ރޯލުތައް ކުޅުނު މި ފިލްމުގެ ސީކުއަލް "ޖަންނަތު 2" ރަންދީޕް ހޫޑާ އަދި އީޝާ ގުޕްތާއާ އެކު ރިލީޒްކުރީ 2012 ގައެވެ.
ފުރަތަމަ ފިލްމުގައި ފެނިގެންދަނީ ފަސޭހައިން މުއްސަނދިވާން ބޭނުންވާ ޒުވާނެއް ކަމަށްވާ އަރުޖުން ޑިކްސިޓް (އިމްރާން ހާޝިމީ)، ޒޯޔާ (ސޯނަލް ޗޯހާން) ދެކެ ލޯބިވެ، އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޖޫދާ ކުޅުމުގެ ތެރެއަށް ވަންނަ ގޮތެވެ. ފަހުން އޭނާ ދެކުނު އެފްރިކާގެ ބޮޑު ގޭންގުސްޓަރެއް ކަމަށްވާ އަބޫ އިބްރާހިމްގެ މެޗު ފިކްސިން މަސައްކަތްތަކާ ހަވާލުވެ، ބޮޑު މުއްސަނދިކަމެއް ހޯދައެވެ.
ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށަށް އަރުޖުން ގެންގޮސް ޖަލަށްލުމުން، ޖަލުން ސަލާމަތްވެގެން އޭނާ މަސައްކަތްކުރަނީ އާދައިގެ ބާޓެންޑަރެއްގެ ވަޒީފާ އަދާކޮށް، ބަނޑުބޮޑުވެފައިވާ ޒޯޔާއާ އެކު ސުލްހަވެރި ދިރިއުޅުމެއް އުޅުމަށެވެ. އެހެންނަމަވެސް، އަބޫ އިބްރާހިމްގެ އެދުމަށް އެންމެ ފަހު ޑީލެއް ހަދަން އުޅެނިކޮށް ޒޯޔާއަށް އެކަން އެނގި ފުލުހުންނަށް ރިޕޯޓްކުރެއެވެ.
ފުލުހުންނަށް އަތުލައިގަތުމުގެ ތެރޭގައި އަރުޖުންގެ ގަޔަށް ބަޑިޖަހާއިރު، އޭނާ ޒޯޔާއަށް ދޭން ގެންގުޅުނު އަނގޮޓި ނަގަން ގުދުވި ވަގުތު، ބަޑި ނަގަން އުޅުނީ ކަމަށް ހީކޮށް ފުލުހުން އޭނާ މަރާލައެވެ. ފިލްމު ނިމިގެންދަނީ އަހަރުތަކެއް ފަހުން ޒޯޔާ އާއި އޭނާގެ ދަރިފުޅު ފިހާރައަކުން ވިޔަފާރިކުރަނިކޮށް، ފައިސާ މަދުވުމުން ދަރިފުޅު އޭނާގެ ކުޅޭ އެތި ދޫކޮށްލާ މަންޒަރުންނެވެ. އެއިން ދައްކުވައިދެނީ އަރުޖުންގެ ކިބައިގައި ހުރި ދަހިވެތިކަން ދަރިފުޅަށް ވާރުތަވެފައި ނުވާ ކަމެވެ.
"ޖަންނަތު 3" އިއުލާނުކުރުމާ ގުޅިގެން އިމްރާން ހާޝިމީގެ ފޭނުން މިހާރު ތިބީ މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު