އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު އެ ސިޓީގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، އައްޑޫގެ އެކި ރަށްތަކުން ހިނިތުންވުމާއެކު އެމަނިކުފާނަށާއި ކެމްޕޭން ޓީމަށް ދެއްވި ތާއީދާއި ލޯތްބަށް ފުން ހިތަކުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
އައްޑޫގެ ތަރައްޤީއާއި މުޅި ދެކުނުގެ މުސްތަޤްބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްޤީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު އިރާދަފުޅުން ބަދަލުކޮށްލާނީ ރައްޔިތުން ދެއްވާ ޚިޔާލާއި މަޝްވަރާގެ އިތުރުން ފަންނީ ލަފަޔާއި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.
މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި އެމަނިކުފާނު ޑެލިވަރކޮށްދެއްވާނީ ކަންކުރާނެ، މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ.
އަދި ސަރީހަ ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރި ތަޖުރިބާކާރު ސަރުކާރެއް ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

އައްޑޫގެ އެކި ރަށްތަކުން ހިނިތުންވުމާއެކު އަޅުގަނޑާއި ޓީމަށް ތިދެއްވާ ތާޢީދާއި ލޯތްބަށް ޝުކުރިއްޔާ.
— Abdulla Shahid (@abdulla_shahid) August 16, 2026
ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްޤީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު އިރާދަފުޅުން ބަދަލުކޮށްލާނީ ރައްޔިތުން ތިދެއްވާ ޚިޔާލާ މަޝްވަރާ އަދި ފަންނީ ލަފަޔާ ހިތްވަރުގަދަ… pic.twitter.com/ysQeChxt0P
އައްޑޫގެ ތަރައްޤީއާއި މުޅި ދެކުނުގެ މުސްތަޤްބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްޤީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު އިރާދަފުޅުން ބަދަލުކޮށްލާނީ ރައްޔިތުން ދެއްވާ ޚިޔާލާއި މަޝްވަރާގެ އިތުރުން ފަންނީ ލަފަޔާއި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.
މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި އެމަނިކުފާނު ޑެލިވަރކޮށްދެއްވާނީ ކަންކުރާނެ، މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ.
އަދި ސަރީހަ ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރި ތަޖުރިބާކާރު ސަރުކާރެއް ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު