ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭ ތަފުސީލު ފަހުން ހާމަކުރައްވާނެ ކަމަށް ފައިސަލްގެ ކެމްޕޭން ޓީމުން "ރަސް" އަށް ވަނީ މައުލޫމާތު ދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ނަސީމާއި އާދަމް އާޒިމް ވާދަކުރައްވަނީ ރައީސް ޞާލިޙްގެ ފުރިހަމަ ތާއީދާއި އިރުޝާދުގެ ދަށުންނެވެ. އަދި މި ބައްދަލުވުމަކީ އެ ބޭފުޅުންގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، އިންތިޒާމުތައް ވަރުގަދަކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގައެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ވިދާޅުވެފައިވަނީ ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވީ، އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީއަށް ނިސްބަތްވާ ރައީސަކާއި ނައިބު ރައީސަކު ހުންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި މިހާރު ވަރަށް ބޮޑަށް ބޮޑުވެފައިވާއިރު، ފައިސަލް ނަސީމްގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި، ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށްފަހު، އަލުން ވެރިކަމަށް އައުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނައިރު، ރައީސް ޞާލިޙްގެ ތާއީދު ފައިސަލާއި އާޒިމްގެ ޕެއާއަށް އޮތުމަކީ މި ޕްރައިމަރީގައި އެ ބޭފުޅުންނަށް ލިބިގެންދާނެ ބޮޑު ސިޔާސީ ކުރިއެރުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ބައްދަލުވުމުގެ ފޮޓޯތަކާއެކު "ފައިސަލް އާޒިމް 2028" އަދި "ރަންރީނދޫ ފަތިހަކަށް" ފަދަ ޝިއާރުތަކާއެކު ސޯޝަލް މީޑިއާގައި ކެމްޕޭން ހަރަކާތްތައް ދަނީ ފޯރިއާއެކު ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު