ޑޮކްޓަރ އަޙްމަދު ޝަމްހީދު: ހުޅުމާލެ ދެކުނު ދާއިރާ މަޖުލީސް މެންބަރު
ޑޮކްޓަރ އަޙްމަދު ޝަމްހީދު: ހުޅުމާލެ ދެކުނު ދާއިރާ މަޖުލީސް މެންބަރު
އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބުދު ﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުން ޝާހިދު އިސްތިއުފާ ދެއްވި ކަން ހާމަކުރެއްވީ އައްޑޫ ސިޓީގައިި މިރޭ ބޭއްވި ޖަލްސާގައެެވެ. އެމްޑީޕީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމުގެ އަޒުމުގައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި އިތުރު ޖޯޝާއި ރޫހެއްގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

"އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމުގެ މަތިވެރި އަޒުމުގައި، މާތް ﷲގެ ކިބަފުޅުން ވާގި އެދިހުރެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ނިންމައި އެކަން އިއުލާންކުރަން،" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދުކުރައްވައި ވޯޓު ދެއްވުމަށް ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ޝާހިދު އެދިވަޑައިގެންނެވިއެވެ. ޝާހިދު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވާނީ އާންމު މެންބަރުންގެ އަޑުއައްސަވާ، އަދި ހުރިހާ ފިކުރެއްގެ ބޭފުޅުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރެއްވޭނެ ސިޔާސީ ލީޑަރަކަށް ކަމަށެވެ.

"އަޅުގަނޑު ވާނީ ތިލަފަތުގެ މީހަކަށް. ކަންކަން ހާސިލުކޮށްދޭނެ (ޑެލިވަރ ކުރާނެ) މީހަކަށް. އަދި މުޅި ގައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފުރުސަތުތަކެއް ފަހިކޮށްދޭނެ ސާދާ ވެރިކަމެއް ކޮށްދޭނެ ރައްޔިތުންގެ ޚާދިމަކަށް،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު