ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް ދެމެހެއްޓުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި ދެއްވި މެސެޖުގައި ރައީސް ޞާލިޙް ވިދާޅުވީ، ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ޞާލިޙް ވަނީ، ޤައުމީ ދުވަހުގެ މުބާރަކްބާދު އެންމެހައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުންދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު މަތިވެރި ނަސްރާއި ފަތަހަ އާ ގުޅުވައިގެންނެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ހޯއްދަވައިދެއްވި މަތިވެރި މިނިވަންކަމުގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ޖިހާދުން އިބުރަތް ހާސިލުކުރުމެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެންމެހާ ދިވެހިރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަން!
— Ibrahim Mohamed Solih (@ibusolih) August 14, 2026
ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުންދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު މަތިވެރި ނަސްރާއި ފަތަހަ އާ ގުޅުވައިގެންނެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ހޯއްދަވައިދެއްވި މަތިވެރި މިނިވަންކަމުގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ޖިހާދުން އިބުރަތް ހާސިލުކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު