ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށް އަދި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް އަރިސްކުރައްވައި ވަކިވަކި ސިޓީފުޅުތަކެއް ފޮނުއްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
"ޕާކިސްތާނުގެ ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭކަން ފާހަގަކުރަށްވާފައެވެ. އަދި މި ޒަމާންވީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ކުރިއަރައި ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ދެ ލީޑަރުންނަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު