އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު މަޝްވަރާތައް ފައްޓަވައިފިއެވެ.
ރައީސް ޞާލިހުގެ އަރިސް ބޭފުޅަކު ވިދާޅުވެފައިވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު މިހާރު ފުޅާދާއިރާއެއްގައި މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރަށްވަން މިހާރު ޝައުގުވެރިކަން ފާޅުކުރަށްވާފައިވާ ގިނަ ބޭފުޅުންގެ ތާއީދު އޮތްނަމަ، އެމަނިކުފާނު އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން، މި ހަފުތާގައި ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލު ކުރަށްވާފައެވެ. ނަމަވެސް، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދާއެކު އަދި ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި ޝާހިދާއެކު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ގެންދަވާ އަބްދުއްﷲ ޝާހިދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ވިދާޅުވަމުން ގެންދަވަނީ، ޕްރައިމަރީގައި ކޮންމެ ބޭފުޅަކު ވާދަކުރެއްވި ނަމަވެސް، އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށެވެ.
ކުރިއަށް އޮތް 2028 ގެ އިންތިޚާބާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަމަށް ވަނީ ހާމަކުރަށްވާފައެވެ.
ރައީސް ޞާލިހަކީ 2018 އިން 2023 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވީ ޕާޓީގެ އޭރުގެ ރައީސް، މުހައްމަދު ނަޝީދާ ވާދަކުރައްވައި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.
ރައީސް ޞާލިޙް މިހާރު ފަށްޓަވާފައިވާ މަޝްވަރާތަކާއެކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި މިހާރު ވަނީ ގަދަވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު