މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައި، އައްޑޫގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މާލޭގައި ވަޒަންވެރިވެގެން އުޅޭ އައްޑޫގެ ގިނަ އަދަދެއްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޝުޢޫރުތަކާއި އުއްމީދުތައް އަޑުއެއްސެވި ކަމަށެވެ. ޚާއްޞަކޮށް އައްޑޫގެ ކުރިމަގާއި، އެ ސިޓީގެ ތަރައްޤީއަށްޓަކައި އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުއްވާ ތަސައްވުރާ މެދު މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ހާމަކުރެއްވި ގޮތުގައި، އައްޑޫގެ ރައްޔިތުން މިއަދު ތިބީ އެމްޑީޕީގެ ވެރިކަމަކަށް ނުހަނު ބޭނުންވެފައެވެ. އެ ރައްޔިތުން އެދެނީ ހަމައެކަނި ނަމެއްގައި ކުރާ ކަންކަމުގެ ބަދަލުގައި، ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ހެޔޮ ބަދަލެއް އަންނާނެ ފަދަ އިންގިލާބީ ތަރައްޤީއަކަށެވެ. އަދި އައްޑޫ ސިޓީގެ ޒަމާީ ތަރައްޤީއާއި، އިޤްތިޞާދީ ކުރިއެރުން ކަށަވަރުކޮށްދެވޭނީ ހަމައެކަނި އެމްޑީޕީގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވި އައްޑޫގެ ބޭފުޅުން ވަނީ އެ ސިޓީގެ ތަރައްޤީއަށްޓަކައި އެ ބޭފުޅުން ދެކޭ ހުވަފެންތަކާއި، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ޝާހިދާ ހިއްސާކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދީ މައިބަދައިގެ މުހިންމު ބަޔަކަށް ވާއިރު، އެ ސިޓީގެ ތަރައްޤީއަށް އެމްޑީޕީން އަބަދުވެސް ޚާއްޞަ އިސްކަމެއް ދޭނެއެވެ. ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އަދި އިޖުތިމާޢީ ދާއިރާތަކުން އައްޑޫއަށް ބޭނުންވާ އިންގިލާބީ ބަދަލުތައް ގެނައުމުގައި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ ސީދާ ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، އައްޑޫގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ދަމަހައްޓައި، ސިޓީގެ ކުރިއެރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، ރައްޔިތުންގެ އަޑު ގާތުން އެހުމަށް ބޭއްވުނު މުހިންމު ފެށުމެއް ކަމަށާއި، މިފަދަ ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ރައްޔިތުންނާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު