ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް، ފޮަޓޯ: ފުލުހުން
ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް، ފޮަޓޯ: ފުލުހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނުގެ ދަށުން، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް ވިދާޅުވީ މި މުއްދަތުގައި މުޅި ރާއްޖޭގައި ޖުމުލަ 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކު ފަސް އޮޕަރޭޝަނެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 137.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އުތުރުގެ އަތޮޅުތަކުން 3.4 ކިލޯ އަދި ދެކުނުގެ އަތޮޅުތަކުން 3 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން، މުޅި ރާއްޖެއިން 1,856 ފުޅި ބަނގުރާ ވެސް ފުލުހުން ވަނީ އަތުލައިގަނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފާއިތުވި ހަތް މަސްދުވަހު ޖުމުލަ 1,875 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ހައްޔަރުކުރި 760 މީހުންނާއި، އުތުރުގެ ރަށްތަކުން ހައްޔަރުކުރި 570 މީހުންގެ އިތުރުން ދެކުނުގެ ރަށްތަކުން ހައްޔަރުކުރި 530 މީހުން ހިމެނެއެވެ.

ފުލުހުންގެ މަސައްކަތްތަކުގެ ތަފްސީލަށް ބަލާއިރު، މަސްތުވާތަކެތީގެ މުއާމަލާތްކުރާ ކަމަށް ތުހުމަތުކުރެވޭ 7,300 އަށްވުރެ ގިނަ ތަންތަން ބަލާފާސްކޮށްފައިވެއެވެ. އަދި މަގުމަތިންނާއި އެކި ތަންތަނުން 23,249 މީހަކު ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ ޖުމުލަ 1,533 މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ތަހުގީގު ކުރިއަށްގެންދިޔަ 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު މުޅިން ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް