ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ތަރައްގީކުރި އެއްގަމު ތޮށީގެ ސަރަހައްދަކީ، ދިފާއީ އަދި ވަތަނީ ޚިދުމަތްތަކަށާއި ދިފާއީ ވުޒާރާގެ ބޭނުންތަކަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކުރައްވައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައިވަނީ އެ ވުޒާރާއިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢު ނިންމައި، އެ ސަރަހައްދު މިހާރު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، މަގުގެ މަސައްކަތް ކުރިއަށްދިޔަ މުއްދަތުގައި އެ ސަރަހައްދު ބޭނުންކުރި ފަރާތްތަކަށް ލަފާފުރުމުގެ ފަސޭހަޔަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސާފައި އޮތެވެ. ނަމަވެސް، މަގު އަލުން ހުޅުވުމާއެކު، އާންމު ބޭނުންތަކަށް ލަފާފުރާނެ ވަކި ސަރަހައްދުތަކެއް މިހާރު ވަނީ ކަނޑައަޅައި ނިންމާފައެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ފުލުހުންގެ މައި މަރުކަޒުން ފެށިގެން ކޯސްޓްގާޑް ބިލްޑިންގާ ހަމައަށް އޮތް ސަރަހައްދު ދިފާއީ ވުޒާރާގެ ބޭނުންތަކަށް ރަސްމީކޮށް ހަމަޖެއްސުމާ ގުޅިގެން، މިއަދުން ފެށިގެން އެ ސަރަހައްދަށް ދިފާއީ ބާރުތަކުގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު