މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމު "ޖަންނަތު" އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރުމާއެކު، ފުރަތަމަ ޝޯއިން ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ހޯދާފައެވެ. ފުރަތަމަ ޝޯ ބަލަން ސިނަމާ ފުރާލި ބެލުންތެރިން ހެކިދެނީ މިއީ މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުން ކަމަށެވެ.
ފިލްމު ފެށުނީއްސުރެ ނިމުމާ ހަމައަށް "ޖަންނަތު" އަކީ ލޯތްބާއި، ގުރުބާނީ އަދި އިންސާނީ އިހުސާސްތަކުން ފުރިގެންވާ އަސަރުގަދަ ދަތުރެކެވެ. ފިލްމު އުފެއްދި ފަރާތްތަކުން ވީ ވައުދާ އެއްގޮތަށް، މި ފިލްމަކީ ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވާލި ވަރުގަދަ އަސަރުތަކެއް ކުރުވި ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓުން މި ފިލްމު ރިލީޒްކުރުމުގެ ކުރިން ބުނި ފަދައިން، މިއީ ފެންވަރު ރަނގަޅު މާސްޓަރޕީސްއެއްކަން ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތައުރީފުން ސާބިތުވެއެވެ. ފިލްމުގެ ވާހަކައިގެ ފުންމިނާއި، އެކްޓަރުންގެ ހުނަރުވެރިކަމަށް ބެލުންތެރިން އަންނަނީ ވަރަށް ބޮޑަށް ސަނާ ކިޔަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ސިނަމާއަށް އައި އެންމެ އަސަރުގަދަ އެއް ފިލްމެވެ.
ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޝަރަފާއި މި ފިލްމުން ފެނިގެންދާ ކުޑަކުއްޖާގެ މޮޅު އެކްޓިންގް އެވެ. އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ފިލްމުން ދައްކުވައިދީފައިވާ ގޮތް ވަރަށް ފުރިހަމައެވެ. ހާއްސަކޮށް ޝަރަފްގެ އެކްޓިންގް އަށް ބަލާއިރު، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު އަދި އެންމެ ފުރިހަމަ މަސައްކަތް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.
މީގެ އިތުރުން، ގައުމީ އެވޯޑް ހާސިލްކޮށްފައިވާ ހުނަރުވެރި އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ ފަރާތުން ވެސް ވަނީ ކުޅަދާނަ އެކްޓިންގްއެއް ފެނިގެންގޮސްފައެވެ. އޭނާގެ ފުރިހަމަ ހުނަރާއި ސިނަމާގެ ސްކްރީނުން ފެންނަ ވަރުގަދަ ކެރެކްޓާއަކީ ފިލްމުގެ އެންމެ މުހިންމު އެއް ބަޔެވެ.
"ޖަންނަތު" އަކީ ކުޑަކުދިންނަށް ވެސް ބެލޭނެ ފަދަ (ޕީޖީ ރޭޓިންގްގެ) އާއިލީ ފިލްމެކެވެ. އަސަރުގަދަ މައުޟޫއުތަކެއްގެ މައްޗަށް ބިނާވެފައިވީ ނަމަވެސް، މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ގުޅިގެން ބަލާލެވޭނެ ފުރިހަމަ އުފެއްދުމެކެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވީ ނަމަވެސް، ފިލްމުގެ ކާސްޓުންގެ ތަފްސީލުތައް އުފައްދާ ފަރާތުން އަދި އޮތީ ސިއްރުކޮށްފައެވެ.
ކާމިޔާބު ފެށުމަކާއެކު، ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތައުރީފާއި އެކްޓަރުންގެ މޮޅު ހުނަރާއެކު "ޖަންނަތު" މިފުރަތަމަ ޝޯއަށް ފަހު ބެލުންތެރިންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބުގެ ސަބަބުން، ކުރިއަށް ހުރި ޝޯތަކަށް އޮތް އުންމީދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބެލެވޭ ގޮތުގައި މި ފިލްމު ވެގެންދާނީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ.
"ޖަންނަތު" އަށް ފަހު ޑާކް ރެއިންގެ ފަރާތުން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރާ "މަގޭ ބިޓްގެ ވެޑިންގް" އެވެ. އަދި އޭގެ ފަހުން ގިނަ ބަޔަކު އިންތިޒާރުކުރާ "ޕްރޮޖެކްޓް 43" ވެސް ސިނަމާއަށް އަންނާނެއެވެވަނީ ދިވެހި ސިނަމާގައި އާ ފޯރިއެއް އުފައްދާފައެވެ. ފުރަތަމަ ޝޯއިން ފެނުނު ތަރުހީބަށް ބަލާއިރު، މިއީ ދިވެހިންގެ ހިތްތަކުގައި ބޮޑު ޖާގައެއް ހޯދާނެ ފިލްމެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު