ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާންގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އޭނާގެ ސިއްހަތާ މެދު ފޭނުން ކުރަމުންދިޔަ ކަންބޮޑުވުންތަކަށް ސަލްމާން ޚާން ރަސްމީކޮށް ޖަވާބު ދީފިއެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ސަލްމާން ވަރަށް ބޮޑަށް ހިއްކާލާފައި ހުރުމުން، އޭނާ ބަލިވީތޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް، ޕްރައިމް ވީޑިއޯއިން ދައްކާ ރިއަލިޓީ ޝޯ "އެލަޔަންސް" ގައި ބައިވެރިވެ، ސަލްމާން ވަނީ މި ހުރިހާ އަޑުތަކެއް ދޮގުކޮށްފައެވެ. ސަލްމާން ހާމަކުރި ގޮތުގައި އޭނާގެ ސިފައަށް މި ބަދަލު ގެނައީ ގަސްތުގައެވެ.
މި ޝޯގައި ސަލްމާން ފެނިގެންދިޔައީ އޭނާގެ ކޮއްކޮ ސުހައިލް ޚާނަށް ހިތްވަރު ދިނުމަށް ކުރި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ދެބެންގެ ދެމެދުގައި ފިޓްނަސްއާ ގުޅޭގޮތުން ކުރެވުނު މަޖާ ވާހަކަތަކެއްގެ ތެރެއިން، ސުހައިލް ވެސް ހިކިފައި ހުރިކަން ސަލްމާން ފާހަގަކުރިއެވެ. ސުހައިލް އޭނާގެ "ސިކްސް ޕެކް" ދައްކާލަމުން 12 ކިލޯ ހިއްކާލި ކަމަށް ބުނުމުން، ސަލްމާން ވަނީ އޭނާ 16 ކިލޯ ހިއްކާލިކަން ހާމަކޮށް އެންމެން ހައިރާންކޮށްލާފައެވެ.
ސަލްމާންގެ ސިއްހަތާ މެދު ބޮޑަށް ސުވާލު އުފެދުނީ މުމްބާއީގައި އޮތް އެސް.އާރް.އޭ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އެ ހަފުލާގައި އޭނާ ވަރަށް ބޮޑަށް ހިކިފައި ހުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެއީ އޭނާގެ ކުރިއަށް އޮތް ފިލްމަކަށް ޓަކައި ގެނައި ބަދަލެއް ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
ބެލެވޭ ގޮތުގައި މި ބަދަލަކީ ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނެ އެކްޝަން ފިލްމު "އެސްވީސީ63" އަށް ޓަކައި ގެނައި ބަދަލެކެވެ. މި ފިލްމަކީ ދެކުނު އިންޑިއާގެ ތަރި ނަޔަންތާރާއާ އެކު ސަލްމާން ފެނިގެންދާ ފުރަތަމަ ފިލްމެވެ.
ކުނާލް ކޭމޫ ހޯސްޓްކުރާ "އެލަޔަންސް" ޝޯ އަކީ 16 މަޝްހޫރު ފަންނާނުން ޖޯޑުތަކެއްގެ ގޮތުގައި ވާދަކުރާ ޝޯއެކެވެ. މި ޝޯގެ އިތުރުން، "ޚަތުރޯން ކޭ ޚިލާޑީ 15" ނިމުމުން، ސަލްމާން އަލުން "ބިގް ބޮސް" ހޯސްޓްކުރުމަށް އެނބުރި އަންނާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު