އައްޑޫ ސިޓީގެ މައި ލިންކް ރޯޑް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ދުވެލި މަޑުވުމުގެ ސަބަބުން، އެ މަޝްރޫއު އަވަސްކުރުމުގެ ގޮތުން އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އައްޑޫ ލިންކް ރޯޑަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ، އަދި ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތިވަމުންދާ މަގެއް ކަމުން، އެ މަގު އަވަހަށް ހެދުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށެވެ. އަދި ހަމައެކަނި ލިންކް ރޯޑް އެކަނި ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ ހަރަދު ކުޑަކުރުމުގެ މަގްސަދުގައެވެ. ނަމަވެސް، މިހާތަނަށް އާރްޑީސީއަށް ކުރެވިފައިވަނީ ހަމައެކަނި މަގު ސާފުކުރުމުގެ މަސައްކަތް ކަމަށްވާތީ، ރައްޔިތުން އެންމެ ބޭނުންވާ ފަދަ އަވަސް ދުވެއްޔެއްގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމަށްޓަކައި އައު ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ލިންކް ރޯޑަކީ ވަރަށް ބޮޑު އަދި އެހާމެ ހަރަދު ބޮޑު ޕްރޮޖެކްޓެއް. އެހެންކަމުން، ވީހާވެސް ހަރަދު ކުޑަ އަދި އަވަސް ގޮތަކަށް މި މަސައްކަތް ނިންމުމަށްޓަކައި، ލިންކް ރޯޑްގެ މަސައްކަތް ވަކިން އެހެން ބަޔަކާ ހަވާލުކުރުމަށް މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލާއެކު، އާރްޑީސީން ދެން ކުރިއަށް ގެންދާނީ އައްޑޫގެ އެހެން މަގުތައް ހެދުމުގެ މަސައްކަތެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އާރްޑީސީއާ ހަވާލުކުރި މި މަޝްރޫއަކީ 829 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މުޅި މަޝްރޫއު ނިންމުމަށް ދީފައިވަނީ 1440 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގެ އިތުރުން އައްޑޫގެ އެކި އަވަށްތަކުގެ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު ނުވަތަ ގާ އެޅުމާއި، ފޭދޫގެ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން ދުވާރު ހެދުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު