ބޮލީވުޑްގެ ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް، މިއަހަރުގެ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ދުވަހާ ގުޅުވައިގެން، އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކުގައި އެހީތެރިވެދިން ރަހުމަތްތެރިންގެ ހަނދާންތައް އައުކޮށްފިއެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ފަސް ބަޔަކަށް އެކުލެވޭ ވަރަށް އަސަރުގަދަ އަދި ޒާތީ ލިޔުމެއްގައި ކަރަން ވަނީ އޭނާގެ ކުޑައިރުގެ އެކަނިވެރިކަމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވުމުގެ އިހުސާސްތަކުން އަރައިގަތުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކަރަންގެ ވާހަކަ ފަށަމުން އޭނާ ސިފަކުރީ އޭނާގެ އުމުރުން ހަތް އަހަރުގައި، ގޭގެ ކުޑަދޮރުން ބޭރު ބަލަން ހުންނަ "ބަރުދަން ހުރި" ކުއްޖެއްގެ ގޮތުގައެވެ. އާއިލާގައި ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އަމިއްލަ ނަފްސަށް އޮންނަ ހަމްދަރުދީއަކީ އޭނާއަށް ލިބުނު "ބޮޑު ހަދިޔާއެއް" ކަމަށް މަޖާޒީ ގޮތަކަށް ކަރަން ފާހަގަކުރިއެވެ. އެހެން ކުދިން ކްރިކެޓް ކުޅޭތަން ބަލަން ހުންނައިރު، "ކީއްވެބާއޭ މަގޭ ރަހުމަތްތެރިއަކު ނުހުންނަނީ؟" މި ސުވާލު އޭނާގެ ހިތުގައި އޭރު އުފެދޭ ކަމަށް ކަރަން ބުންޏެވެ.
ކަރަންގެ މި އެކަނިވެރިކަން ނިމުމަކަށް އައީ ފަރުޒާނާ މުންޗަރުޖީއާ ބައްދަލުވުމުންނެވެ. ކަރަން ބުނި ގޮތުގައި ފަރުޒާނާ އަކީ އޭނާގެ ކޮޓަރިން ބޭރަށް ނެރެ، އަމިއްލަ ނަފްސަށް ހަމްދަރުދީވުން ހުއްޓާލައި، އައު ދުނިޔެއަކަށް އޭނާ ގެންގޮސްދިން ފުރަތަމަ ހަގީގީ ރަހުމަތްތެރިޔާއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ގާތްގަނޑަކަށް 47 އަހަރުވީއިރުވެސް ފަރުޒާނާއަކީ ކަރަންގެ ހިތުގެ ވަރަށް ބޮޑު ބައެކެވެ.
މީގެ އިތުރުން، ދަރުމާ ޕްރޮޑަކްޝަންސްގެ ސީ.އީ.އޯ އަޕޫރްވާ މެހެތާއާ ރަހުމަތްތެރިވި ގޮތުގެ މަޖާ ހަނދާނެއްވެސް ކަރަ
ން ހިއްސާކުރިއެވެ. ސްކޫލްގެ ގްރޭޑް ހަޔެއްގައި އުޅުނުއިރު، އޮޅުމަކުން އެހެން ކްލާހަކަށް ބަދަލުވުމުން ކަރަން އެކަނިވެފައި ހުއްޓާ، އޭނާއާ ރަހުމަތްތެރިވާނީ ކާކުތޯ ޕްރިންސިޕަލް އެއްސެވުމުން އަތްމަތިކުރީ އަޕޫރްވާއެވެ. ނަމަވެސް އަޕޫރްވާ އެކަން ކުރީ "މާދަމާއިން ފެށިގެން ތަރުކާރީ ހެދިކާ ގެންނަންވާނެ" ކަމުގެ ޝަރުތާ އެކުގައެވެ. މިއަދު އަޕޫރްވާއަކީ ކަރަންގެ އެންމެ ގާތް އެކުވެރިޔާގެ އިތުރުން އޭނާގެ ވިޔަފާރީގެ އެންމެ އިތުބާރު ހިފޭ ބައިވެރިޔާއެވެ.
ކަރަން ބުނި ގޮތުގައި މި ރަހުމަތްތެރިންގެ ސަބަބުން، އޭނާގެ ހަށިގަނޑުގެ ބަރުދަނާއި، ސިފައާ މެދު އޭނާގެ ހިތުގައި އޮތް ބިރުވެރިކަމާއި ނުތަނަވަސްކަމުން އަރައިގަނެވުނެވެ. "އަހަރެން ގަބޫލުކުރީ އަމިއްލަ ނަފްސު ބަލައިގަތުމަކީ އެހެން މީހުން އަހަރެން ބަލައިގަތުމުގެ ފުރަތަމަ ފިޔަވަޅުކަން،" ކަރަން ލިޔެފައިވެއެވެ.
މި ލިޔުމުގައި ކަރަން ވަނީ ދާދި ފަހުން އޭނާގެ މަންމަ، ހީރޫ ޖޯހަރް، އައި.ސީ.ޔޫގައި 15 ދުވަސް ހޭދަކުރި ދަނޑިވަޅުގައި ރަހުމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ކިތަންމެ މުއްސަނދިވިޔަސް، އެންމެ ބޮޑު މަންފާއެއް ކުރާ އިންވެސްޓްމަންޓަކީ ރަހުމަތްތެރިކަމެވެ.
ލިޔުން ނިންމާލަމުން ކަރަން ވަނީ އޭނާގެ މަޝްހޫރު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ޑައިލޮގަކަށް އިޝާރާތްކޮށް، "ލޯތްބަކީ ރަހުމަތްތެރިކަން" ކަމަށް ބުނާ ބުނުމަށްވުރެ، ރަހުމަތްތެރިކަމުގެ ދަރަޖަ މާ މަތިވެރިކަމަށް ބުނެފައެވެ. ކަރަންގެ ނަޒަރުގައި ރަހުމަތްތެރިންނަކީ އޭނާގެ އާއިލާއެވެ.

ކިޔުންތެރިންގެ ހިޔާލު