އިންޑިއާގެ އާސާމް ސްޓޭޓަށް ކުރިމަތިވެފައިވާ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާން ނިކުމެއްޖެއެވެ.
ސަލްމާން ޚާންގެ ޗެރިޓަބަލް އޯގަނައިޒޭޝަން "ބީންގ ހިއުމަން" އާއި އާސާމްގައި އޮންނަ ސަލްމާން ޚާން ފޭން ކްލަބް (އެސް.ކޭ.އެފް.ސީ) ގުޅިގެން މިހާރު ވަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފަށާފައެވެ. ސަލްމާން މިވަގުތު މުމްބާއީގައި އޭނާގެ އާ ފިލްމެއްގެ މަސައްކަތުގައި އުޅުނު ނަމަވެސް، އޭނާ ދަނީ އަމަލީ ގޮތުން މި ހަރަކާތްތައް ވިލަރެސް ކުރަމުންނެވެ.
މި އެހީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސިވަސާގަރު ސަރަހައްދުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބިސްކޯދު، ހަކުރު، ހަނޑޫ، ޕާން އަދި ޖޭމު ފަދަ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ސާފު ބޯފެނާއި، ފެން ސާފުކުރާ ގުޅަ ބޭހާއި، ސިއްހީ ފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އަދި ދެވަނަ މަރުހަލާގައި ބޭހާއި ކާބޯތަކެތީގެ ރޭޝަން ކިޓްތައް ބެހުމަށް ވެސް ވަނީ ނިންމާފައެވެ.
ސަލްމާންގެ އިތުރުން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވެސް ވަނީ އާސާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސްޓަގްރާމް މެދުވެރިކޮށް ގޮވާލާފައެވެ. އޭނާ ބުނި ގޮތުގައި އާސާމަށް މިވަގުތު ބޭނުންވަނީ އަވަސް އެހީތެރިކަމެކެވެ.
އާސާމްގެ ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް 68 މީހުން މަރުވެފައިވާއިރު، 4 ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ މީގެ އަސަރުކޮށްފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އާސާމްގެ ސަރުކާރަށް މަރުކަޒީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު