މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޒިޔާދު (ފިއްޓެ)، ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޒިޔާދު (ފިއްޓެ)، ފޮޓޯ: މަޖިލިސް
ދައުލަތުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ، މި އަހަރު ބޭއްވި އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ބަދަލުހިފުމެއްގެ ގޮތުން ރައްޔިތުންނަށް ދޭ އަދަބެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ފިއްޓޭ ވިދާޅުވީ، ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ހިންގަނީ ސިޔާސީ އަމަލެއް ކަމަށެވެ. މި ގަރާރަކީ މުވައްޒަފުން ވަކިކުރުމުގެ ނަމުގައި ސިޔާސީ ގޮތުން ވަޒީފާތަކުން މީހުން ވަކިކުރުމާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރެކެވެ.

ފިއްޓޭގެ ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް އިންތިހާއަށް މީހުން އިތުރުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. "ފެނަކަ، އެންމެ ބަނގުރޫޓުވެފައި އޮތް ކުންފުނި، އެކުންފުންޏަށް ނެގި މީހުން މާ ގިނަ، އެ އިންތިހާބު އޮތީމާއި ވަޒީފައަށް މީހުން ނަގާފައި މިއަދު މުސާރަ ދެވޭނެ ގޮތެއް ނެތިގެން ވަކިކުރަނީ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ތަފާތު "މޮޅު" ނަންނަން ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުގެ މައްސަލައާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިންއާ ގުޅޭގޮތުން ސަރުކާރުން ދައްކާ ބަހަނާތަކަށް އޭނާ ފާޑުވިދާޅުވިއެވެ.

ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުން އެތައް ހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލި، އޭގެ ތަކުލީފު އުފުލަން ޖެހެނީ އާންމު ރައްޔިތުންނަށް ކަމަށް ވިދާޅުވެ ފިއްޓޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ހައްގުގައި އެކަށީގެންވާ ވަރަށް ވަކާލާތު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު