ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މަންދޫބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސައުދީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަންވެސް ފުރުއްވާ ޕްރިންސް މަންސޫރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް އަހްވަތްތެރި ގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕްރިންސް މަންސޫރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް މަންސޫރުގެ ޝަރަފުގައި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވަވާފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ހަރަކާތްތަކާއި ހެވިކަމުގެ ކުޅިވަރުތަކުގައި ޕްރިންސް މަންސޫރު ބައިވެރިވެވަޑައިގެންނެވީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައެވެ. ދިވެހި ދައުލަތުން ހާމަކުރާ ގޮތުގައި، މިފަދަ މަތީ ފަންތީގެ ބޭފުޅަކު ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން ހާމަކޮށްދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު