ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާގެ ޝަރީއަތް 2027 ވަނަ އަހަރުގެ ޖޫން މަހު ފެށުމަށް މަޑޫރޯގެ ވަކީލުންނާއި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ޕްރޮސެކިއުޓަރުން ހުށަހަޅައިފިއެވެ.
މިކަން ހުށަހަޅާފައިވަނީ މެންހެޓަންގެ ފެޑެރަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމެއްގެ ކުރިން ކޯޓަށް ހުށަހެޅި ގުޅިފައިވާ ލިޔެކިޔުންތަކެއްގައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ޖިނާއީ ޝަރީއަތަށް ވާއިރު، މި ލިޔުންތަކުން ވަނީ ކުރިއަށް އޮތް ތަނުގައި ޝަރީއަތް ހިނގާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައެވެ.
އެމެރިކާގެ ސްޕެޝަލް ފޯސަސްއިން މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ރޭގަނޑު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
އެއަށްފަހު އެމެރިކާގެ ނިއުޔޯކަށް ގެންގޮސް ދައުވާ އުފުލާފައިވާއިރު، އެ ދެކަނބަލުން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އޭގެ ފަހުން މިހާތަނަށް އެމީހުން ބަންދުކޮށްފައި ތިބީ ބްރޫކްލިންގެ ފެޑެރަލް ޖަލެއްގައެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން، މައްސަލަ ބާތިލުކުރުމަށް އެދި މަޑޫރޯގެ ފަރާތުން ހުށަހަޅާ ފުރަތަމަ މައްސަލަތައް ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.
މީގެ ތެރޭގައި އޭނާއަކީ މިނިވަން ދައުލަތެއްގެ އިސްވެރިއެއް ކަމަށްވާތީ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ހިމެނޭނެ ކަމަށް ބެލެވެއެވެ.
އަދި ދެވަނަ ބުރުގެ ހުށަހެޅުންތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ޝަރީއަތުގެ ތާވަލު ފަހުގެ މަރުހަލާގައި ކަނޑައަޅާނީ މި މައްސަލަ ބައްލަވާ އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް އެލްވިން ހެލަރސްޓެއިން އެވެ.
މަޑޫރޯ ސިފަކުރާ ގޮތުގައި އޭނާއަކީ "ހަނގުރާމައިގެ އަސީރެކެވެ". އަދި އެމެރިކާއިން އޭނާ ވެރިކަމުން ދުރުކުރަން މަސައްކަތްކުރަނީ ވެނެޒުއޭލާގެ ތެލުގެ މުއްސަނދިކަން ފޭރިގަތުމަށް ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
އެހެންނަމަވެސް އެމެރިކާއިން ބުނަމުންދަނީ މަޑޫރޯއަކީ 2018 އަދި 2024 ގެ އިންތިޚާބު އޮޅުވާލައި، ގައުމުގެ އިގުތިސާދު ފުނޑުފުނޑުކޮށްލާފައިވާ ކޮރަޕްޓް ޚުދުމުޚުތާރު ވެރިއެއް ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި މަޑޫރޯ ބަލައިގަތުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު