އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޖަންތަރު މަންތަރުގައި މި މަހުގެ 20 ވަނަ ދުވަހު ދަރިވަރުން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށް، ކަރުނަގޭސް ޖެހި މައްސަލައިގައި މަޝްހޫރު އެކްޓަރު އިމްރާން ޚާން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އިމްރާން ޚާންގެ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ނިޒާމުގެ ފޭލިވުންތަކާ ގުޅިގެން ޒިންމާދާރުކުރުވުމަށް އެދި އަޑުއުފުލި ދަރިވަރުންނަށް ފުލުހުން ދިން ހަމަލާތަކުގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވެފައިވާ ކަމަށެވެ. "މުރާލިކަމާއެކު މަސައްކަތްކުރި މި ދަރިވަރުންނަށް ނިޒާމުން ވަނީ އިހުމާލުވެފައި. އަޑުއިވުމަށް އެދި ގޮވާލި މި މީހުންނަށް ލިބުނީ ހިމޭންކަން. އަމިއްލަ ގައުމުގެ ހައްގުގައި ތެދުވި މި ރައްޔިތުންނަށް އިދާރާތަކުން ދިނީ އަނިޔާ،" އިމްރާން ލިޔެފައިވެއެވެ.
މީގެ އިތުރުން، އިމްރާން ވަނީ މި ދަރިވަރުންނަކީ އިންޑިއާގެ ދަރިން ނޫންތޯ ސުވާލު އުފައްދާފައެވެ. އޭނާ ބުނި ގޮތުގައި ތައުލީމީ އިސްލާހަށް ގޮވާލާ ދަރިވަރުންގެ ކިބައިން "އަދަބުވެރިކަން" ހޯދަން އުޅޭ މީހުން، ބާރުގެ ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކުރުވަން ފަސްޖެހެއެވެ. އަދި މިއަދު މި ދަރިވަރުންގެ އަޑު ނާހައިފިނަމަ، މާދަމާގެ މުސްތަގުބަލު ގެއްލިގެންދާނެ ކަމަށާއި، އޭނާ ހުރީ ދަރިވަރުންނާ އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.
މި މުޒާހަރާއަކީ ސީ.ޖޭ.ޕީ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ. އިމްރާން ޚާންގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ މި ހަރަކާތަށް ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި ޒީނަތު އަމަން، އަނޫރާގް ކަޝްޔަޕް، ނަސީރުއްދީން ޝާހް، ރަތުނާ ޕާތަކް ޝާހް އަދި އަބޭ ޑިއޯލް ހިމެނެއެވެ. އަދި ޝަބާނާ އަޒްމީ، ޕްރަކާޝް ރާޖް އަދި ޕޫނަމް ޕާންޑޭ ފަދަ ތަރިން ވަނީ ދިއްލީއަށް ގޮސް މުޒާހަރާގެ ބައިވެރިންނާ ގުޅިފައެވެ.
އިމްރާން ޚާން ވަނީ ދާދި ފަހުން ސޯނަމް ވަންގްޗުކް ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށްވެސް ތާއީދުކޮށް، ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އިމްރާން ޚާންއަކީ ދަރިވަރުންގެ މި ހަރަކާތްތަކަށް ފާޅުގައި އެންމެ ފުރަތަމަ ތާއީދުކުރަން ފެށި އެއް ފަންނާނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު