ދައުލަތުގެ ޓީ.ޖީ.އެސް.ޓީ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދިޔަ ނަމަވެސް، ސަބްސިޑީއަށާއި ކައުންސިލްތަކަށް ކުރާ ހޭދަ އިންތިހާއަށް މައްޗަށް ގޮސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ސަރޕްލަސް ގެއްލި ދައުލަތުގެ ބަޖެޓް ބޮޑު ޑެފިސިޓަކަށް ވެއްޓިއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން 16 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ 2.7 ބިލިއަން ރުފިޔާއިން 3.0 ބިލިއަން ރުފިޔާއަށް ނުވަތަ 12.1 އިންސައްތަ އިތުރުވެފައެވެ.
އަދި ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ 17.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 1.8 ބިލިއަން ރުފިޔާ ނުވަތަ 11.3 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ 130.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 438.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ހުރިހާ ކަމާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 4.9 ބިލިއަން ރުފިޔާއަށް ނުވަތަ 2.9 އިންސައްތަ ދަށްވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 24.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ކުރީ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.0 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، ސަބްސިޑީއަށް ކުރާ ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ޚާއްސަކޮށް ތެލުގެ ސަބްސިޑީއަށް ކުރި ޚަރަދު 702.1 މިލިއަން ރުފިޔާއިން 1.8 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ވެސް ވަނީ 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމާއި، ދަތުރުފަތުރާއި، ކާބޯތަކެތީގެ ސަބްސިޑީއަށް ކުރާ ހޭދަތައްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ސަބްސިޑީގެ އިތުރުން، ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށް ކުރާ ހޭދަވެސް ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ 21.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދުތައްވެސް ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިފަދަ ބޮޑެތި ޚަރަދުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއް އޮތް ނަމަވެސް، މިއަހަރުގެ މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ވަނީ 1.5 ބިލިއަން ރުފިޔާއަށް ވެއްޓިފައެވެ. ނަމަވެސް ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު