ދައުލަތަށް އާމްދަނީ އިތުރުކުރުމަށްޓަކައި މިހާރު ނަގަމުން އަންނަ އެއްވެސް ޓެކުހެއްގެ ރޭޓު އަންނަ އަހަރު ބޮޑުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން، މާލީ ވަޒީރު ޙަސަން ޒަރީރެވެ. މި ޖަލްސާގައި ބަޖެޓް ބަޔާން އިއްވަވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ ދަތިތަކާއެކުވެސް ރައްޔިތުންނާއި ވިޔަފާރިތަކަށް ބުރަ ބޮޑުނުވާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ހިނގާ އަހަރަކީ އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އަހަރެކެވެ. އެހެންނަމަވެސް، ސަރުކާރުގެ މިސްރާބު ހުރީ ޓެކްސް ބޮޑުކޮށްގެން އާމްދަނީ ހޯދުމުގެ ބަދަލުގައި، ޓެކްސްގެ ނިޒާމުގެ ހިންގުންތެރިކަން އިތުރަށް ވަރުގަދަކޮށް، ދައުލަތަށް އާމްދަނީ ލިބޭ ދާއިރާތައް ނުވަތަ 'ރެވެނިއު ބޭސް' ފުޅާކުރުމަށެވެ. އެހެންކަމުން، އަންނަ އަހަރު އެއްވެސް ޓެކްސް ރޭޓެއް މަތިނުކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ޓެކްސްގެ މިންވަރު މަތިކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދޭނީ ޓެކްސް ނިޒާމުގައި ހުރި 'ލޫޕްހޯލް'ތައް ބައްދައި، ނިޒާމުގެ އެފިޝިއެންސީ އިތުރުކުރުމަށް ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޓެކުހާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު ބަލައި، ޓެކްސް ދެއްކުން ކަށަވަރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ޓެކްސް ނިޒާމު ޒަމާނީ ފެންވަރަކަށް ގެންދިއުމަށްޓަކައި ރޭވިފައިވާ މުހިންމު ފިޔަވަޅުތަކުގެ ތަފްޞީލު ހާމަކުރައްވަމުން، މި އަހަރު އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް"ގެ ބޭނުން އަންނަ އަހަރު އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ 'އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް' މިންގަނޑުތަކާ އެއްގޮތަށް، ޒަމާނީ "އީ-އިންވޮއިސިންގ"ނިޒާމެއް ރާއްޖެއަށް ތަޢާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވަޒީރު އިޢުލާނު ކުރެއްވިއެވެ.
މި ޒަމާނީ ބަދަލުތަކާއި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން، އިދާރީ ގޮތުން ދައުލަތުގެ އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު ކުރިއަށްވުރެ އެތައް ގުނައެއް ހަރުދަނާވެގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު މާލީ ތަކުލީފެއް ނުޖައްސައި، ދައުލަތަށް ލިބެންޖެހޭ ޙައްޤު ފައިސާ އެންމެ ފުރިހަމަ ގޮތުގައި ދައުލަތުގެ ޚަޒާނާއަށް ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު