ދައުލަތުން އާރަށު ޚިޔާނާތުގެ މައްސަލައިގައި ހުށަހެޅި އައު ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން މަޑުޖައްސާލާފައި އޮތް މި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދިޔައެވެ.
ހައިކޯޓުގެ އެ ނިންމުމުގައި މައިގަނޑު ތިން ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދިނުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، އަދި ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައިވާ ދޭހަ އެއްފަރާތް ކުރުމަށްފަހު މައްސަލައިގެ ގޮތެއް ނިންމުމެވެ. މި ތިން ކަމުގެ ތެރެއިން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އައު ހެކިތައް އެއްފަރާތް ކުރުމަށް އެންގި އެންގުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުގެ އެ އެންގުން ރަނގަޅު ކަމަށެވެ. އެހެންކަމުން، މައްސަލަ އަލުން ބަލާއިރު ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތައް ބަލައެއް ނުގަންނާނެއެވެ.
ރައީސް ޔާމީނަށް ކުރި މަނީ ލޯންޑަރިން ކުށުގެ ދައުވާއަށް 7 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، ރިޝްވަތު ގަބޫލުކުރުމުގެ ކުށ ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
އަދި މި މައްސަލަތަކުގެ ހުކުމްތައް ހައިކޯޓުން ބާތިލުކުރީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. މީގެއިތުރުން، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކުރި ހުކުމްވެސް އެ ދުވަހު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު