ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ އެޕާޓްމެންޓެއްގައި ރޯވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ، ހިޔާގެ އަށް ވަނަ ޓަވަރުގެ 19 ވަނަ ފަންގިިލާގައި ހުރި އެޕާޓްމެންޓެއްގައެވެ. އެޕާޓްމެންޓްގައި ރޯވުމާއެކު، އެ ޓަވަރުން މީހުން ހުސް ކުރަން ވަނީ ފަށައިފައެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން މިހާރު ހަރަކާތްތެރިވަމުންދާއިރު، އެޗްޑީސީންވެސް ދަނީ އެ ޓަވަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމަންޓުގެ މައި ދޮރުން ބޭރަށް ބޯދުން ނިކުންނަ މަންޒަރު ފެނެއެވެ. އަދި އެ ތަނުގައި ގިނަ އަދަދެއްގެ އާންމުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ބުނީ ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށެވެ.

ARG
ކިޔުންތެރިންގެ ހިޔާލު