މިއަދު ހެނދުނު ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މި ވަގުތު ވާރޭ ފެން ނުނަގަން އެ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު 08:00 ހާއިރު ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި މި ނުރައްކާތެރި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުނަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ތެލުގެ އަސަރު ހުރުމުގެ ސަބަބުން އަލިފާންގަނޑު ވަރަށް ބާރަށް ކައިރީގައި ހުރި ވޯކްޝޮޕްތަކަށާއި ގަރާޖުތަކަށް ފެތުރިގެން ދިޔައެވެ.
ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނާ ގުޅިގެން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ މިހާރު ވެހެމުންދާ ވާރޭ ފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ ރައްކާތެރިކަމަށްޓަކައި މި ވަގުތު ވާރޭ ފެން ނުނަގައި ވާރެޔާ ނުތެމުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ހާދިސާގައި އެއް ގެ އަނދައި އަޅިއަށްވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އަލިފާނުގެ ސަބަބުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު