ދިވެހިރާއްޖޭގެ ބިމާއި ފަޅުތަކުގެ އިތުރުން ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނެ، "މޯލްޑިވްސް ޕާލް ރެޒިޑެންސް" ޕްރޮގްރާމް ވަގުތުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި، ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ބޮޑެތި ދުސްތޫރީ އަދި ޖިނާއީ ސުވާލުތަކެއް ވަނީ އުފައްދާފައެވެ. ޚާއްޞަކޮށް، މިދިޔަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު ސިންގަޕޫރުގައި "ހެންލީ އެންޑް ޕާޓްނާސް" ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް މަޖިލީހަށާއި ރައްޔިތުންނަށް ސިއްރުކޮށްފައި އޮތުމަކީ ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މެންބަރު ޝަމްހީދުގެ ޤަރާރުގައި، އިމިގްރޭޝަނާއި ގައުމީ ސަލާމަތް ފަދަ މުހިންމު ދާއިރާތަކާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މި ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، 250،000 ޑޮލަރު ދިވެހި ބޭންކެއްގައި ފިކްސްޑް ޑިޕޮސިޓްކޮށްގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު މިހާރު ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ޓެކްސްގެ އިނާޔަތްތައް ދީފައިވުމުން، 250،000 ޑޮލަރުގެ ޕްރޮޕަޓީއަކުން ދައުލަތަށް ލިބެނީ އެންމެ 2،500 ޑޮލަރު ކަމަށް ވާތީ، މިއީ ދައުލަތުގެ ހަޒާނާއަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އެސްއީޒެޑް ގާނޫނުގެ ސަބަބުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދުމުގެ ދުސްތޫރީ ބިރު އޮތްއިރު، މިއީ ގައުމީ ސިޔާދަތު ހިމާޔަތްކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރަކުން ރައްޔިތުންގެ އިތުބާރާ ޚިލާފަށް ހިންގާ އަމަލެއް ކަމަށްވެސް ގަރާރުގައިވެއެވެ.
މި މަޝްރޫއު ހިންގާ "ހެންލީ އެންޑް ޕާޓްނާސް" އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ކުންފުންޏެއްކަން ފާހަގަކުރަމުން، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އިންވެސްޓްމެންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމްގެ ހުރިހާ ހުއްދަތަކެއް ދިނުން ވަގުތުން ހުއްޓާލުމަށާއި، ކުރިއަށް އޮތް 14 ދުވަސް ތެރޭ އެއްބަސްވުންތައް މަޖިލީހަށް ހުށަހެޅުމަށް މި ގަރާރު މެދުވެރިކޮށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު