އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންގެ މެދުގައި، އިސްރާއީލަށް ދޭ ބިލިއަނުން ގުނޭ އަސްކަރީ އެހީ ހުއްޓާލުމާ ބެހޭގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. މިއީ ގާޒާގައި ހިންގަމުންދާ ހަނގުރާމައާއި އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު އެ ޕާޓީގެ ތެރޭގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މި ބަހުސް އުފެދިފައިވަނީ ރިޕަބްލިކަން މެންބަރު ތޯމަސް މާސީ ހުށަހެޅުއްވި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގައި ވަނީ އިސްރާއީލަށް ދިނުމަށް ކަނޑައަޅާފައިވާ ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރުގެ އެހީ ހުއްޓާލުމަށެވެ. މީގެ ތެރެއިން ގިނަ ފައިސާއަކީ އަސްކަރީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ފައިސާއެވެ.
ހައުސް މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހުނު ނަމަވެސް، މި އިސްލާހަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޖެފްރީސް އިތުރަށް ވިދާޅުވީ، އިސްރާއީލާ އެކު އޮންނަ ގުޅުން އަލުން މުރާޖައާކޮށް، ކުރިމަގުގައި ދެވޭ އެހީތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ އެހީތަކަކަށް ވާންޖެހޭނެ ކަމަށެވެ.
އަނެއްކޮޅުން، ކޮންގްރެޝަނަލް ޕްރޮގްރެސިވް ކޯކަސްގެ ޗެއަރ ގްރެގް ކަސާ ވަނީ މި އިސްލާހަށް ތާއީދު ކުރުމަށް ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. ކަސާ ވިދާޅުވި ގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ބޭނުންވަނީ އެމީހުންގެ ޓެކްސް ފައިސާއިން އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް ޚަރަދުކުރުން ހުއްޓާލުމަށެވެ. އަދި ފަހަކަށް އައިސް ބޭއްވުނު އިންތިޚާބުތަކުން ފެނިގެންދިޔައީ، އިސްރާއީލާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކުރާ ކެންޑިޑޭޓުންނަށް އާންމުންގެ ބޮޑު ތާއީދެއް އޮތް ކަމެވެ.
އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާ ގުޅިގެން، ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މި ހަފުތާގައި ނަގާ ވޯޓަކީ، އިސްރާއީލަށް އެމެރިކާއިން ދޭ ތާއީދާ މެދު ޑިމޮކްރެޓުން ބައިބައިވެފައިވާ މިންވަރު ހާމަވެގެންދާނެ މުހިންމު ފުރުސަތެކެވެ.

ARG

ކިޔުންތެރިންގެ ހިޔާލު