ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު "އީތާ" ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތް ތާރީޚަށް ބަދަލުތަކެއް ގެނައުމަށް ފިލްމުގެ އުފެއްދުންތެރިން ނިންމައިފިއެވެ.
ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށް، މެޑޮކް ފިލްމްސްއިން އުފައްދާ މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހަށެވެ. ނަމަވެސް، ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން، މި ތާރީޚަށް ބަދަލު ގެންނަން ނިންމީ ކަންނަޑާ ތަރި ޔަޝްގެ "ޓޮކްސިކް: އޭ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް" އާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހިދާނެތީ އެކަމުން ސަލާމަތްވުމަށެވެ. ޔަޝްގެ "ޓޮކްސިކް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 26 ގައެވެ.
"ބޮލީވުޑް ހަންގާމާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޑޮކް ފިލްމްސްއިން މިހާރު ދަނީ ފިލްމު ރިލީޒްކުރާ ތާރީޚު އަވަސްކުރުމާ މެދު ނުވަތަ ފަސްކުރުމާ މެދު މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅޭ ރަސްމީ އިޢުލާނެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރާނެ ކަމަށް ބެލެވެއެވެ.
ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި "އީތާ" އާއި "ޓޮކްސިކް" އެއް ދުވަސްވަރެއްގައި ރިލީޒްކޮށްފިނަމަ، ދެ ފިލްމުގެ ވިޔަފާރިއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ޚާއްޞަކޮށް މަހާރާޝްތުރާ ފަދަ ބޮޑެތި މާކެޓްތަކުގައި ދެ ފިލްމަށް ލިބޭ އާމްދަނީ ބެހިގެން ދިއުމުގެ ބިރު އޮތުމުން، މިއީ ފިލްމު އުފައްދާ ފަރާތުން ނިންމި ބުއްދިވެރި ނިންމުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
"އީތާ" އަކީ މަހާރާޝްތުރާގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ވިތާބާއީ ނާރަޔަންގާއޮންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ވިތާބާއީ އަކީ އިންޑިއާގެ ފޯކް ތިއޭޓަރަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، 1957 އަދި 1990 ވަނަ އަހަރު އިންޑިއާގެ ރައީސްގެ ޝަރަފުވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ.
މި ފިލްމުގެ ޓީޒާގައި ޝްރައްދާ ކަޕޫރު ފެންނަނީ ވަރަށް ވަރުގަދަ މަންޒަރަކުންނެވެ. އެއީ ބަނޑަށް ދުވަސް ފުރިފައި ހުރެ ސްޓޭޖްމަތީގައި ހުނަރު ދައްކަމުން ދަނިކޮށް، ވިހަންވެގެން ސްޓޭޖް ފަހަތަށް ގޮސް ވިހެއުމަށްފަހު، އަލުން ސްޓޭޖަށް އަރާ ޕާފޯމަންސް ފުރިހަމަކުރާ މަންޒަރެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމުގައި ޝްރައްދާގެ އިތުރުން ރަންދީޕް ހޫޑާ އަދި މުޙައްމަދު ޒީޝާން އައްޔޫބު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އޮގަސްޓް މަހުގެ ފަހު ހަފުތާއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒްކުރަން ތާވަލުކޮށްފައިވާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި "ޚޯސްލާ ކާ ގޯސްލާ 2" ވެސް ހިމެނެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު