މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އެއްވެސް ސަބަބަކާ ހުރެ އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި އިނާމެކެވެ. މިގޮތުން އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުމަށްޓަކައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދަވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެ މައުލޫމާތުތައް ދިރާސާކުރައްވައި، އެ ބޭފުޅުންނާ ބައްދަލުކުރަށްވައި، އިނާމަށް ޝަރުޠު ފުރިހަމަވާކަން ކަށަވަރު ކުރައްވާފައެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން، ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވަމުން ގެންދަވައެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް މި އިނާމު ވަނީ އަރުވާފައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލެއްވި ފުރުޞަތުގައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 130 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވައި އިންޓަރވިއު ކުރެއްވުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތްތައް ވަޒަންކުރައްވައި، އެ ބޭފުޅުންގެ ޝަރަފުގައި ދެއްވާ އެންމެ މަތީ ޝަރަފެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު