މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ކޮމިޓީން ނެރުއްވި އިޢުލާނާއެކު، އިނާމު ދިނުމުގެ އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހަޅާއިރު، އެ ފޯމަކާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. އިނާމަށް ނަން ހުށަހެޅުމުގައި އަމިއްލަ ފަރުދުންނަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، ކުންފުނި، ޖަމިއްޔާ ޖަމާޢަތް އަދި ވިޔަފާރިތަކަށްވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ގައުމީ އިނާމު ދިނުމުގައި ވަކިވަކި ފަރުދުންގެ ޚިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައިވަނީ، އެ މީހަކަށް 18 އަހަރު ފުރުނު ފަހުން ކޮށްފައިވާ ޚިދުމަތްތަކަށެވެ. ގައުމީ އިނާމު ބެހިގެންވަނީ މައިގަނޑު ދެ ގިންތިއަކަށެވެ. އެއީ 'ޝަރަފުވެރިކަމުގެ ގައުމީ އިނާމު' އަދި 'ހިތްވަރު ދިނުމުގެ ގައުމީ އިނާމު' އެވެ.
ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު