ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު، އިންޑިއާގެ ޕޫނޭގެ މުލްޝީ ތާލޫކާއިން ގާތްގަނޑަކަށް 25.7 އޭކަރުގެ ބޮޑު ބިމެއް، 16.42 ކްރޯޑް ރުޕީސްއަށް ގަނެފިއެވެ.
ޕްރޮޕަޓީ ރެޖިސްޓްރޭޝަން ލިޔެކިޔުންތަކާ ހަވާލާދީ "ސީ.އާރް.އީ މެޓްރިކްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުއާމަލާތަކީ ޕިމްޕްރީ އަވަށުގައި ހުރި ގުޅިފައިވާ ހަތަރު ބިމެއްގެ މުއާމަލާތެކެވެ. މި ބިންތައް ގަތުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް ރެޖިސްޓްރީކޮށްފައިވަނީ 30 އެޕްރީލް ގައެވެ.
ރަންބީރު ގަތް މި ހަތަރު ބިމުގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ބިމަކީ 21,400 އަކަމީޓަރުގެ ބިމެކެވެ. މިއީ 3.31 ކްރޯޑް ރުޕީސްއަށް ގަތް ބިމެކެވެ. ދެވަނަ ބިމަކީ 29,900 އަކަމީޓަރުގެ ބިމެއް ކަމަށްވާއިރު، އެ ބިން ގަނެފައިވަނީ 4.62 ކްރޯޑް ރުޕީސްއަށެވެ. އެންމެ ބޮޑު ބިމުގެ ގޮތުގައި ހިމެނޭ ތިންވަނަ ބިމަކީ 43,800 އަކަމީޓަރުގެ ބިމެކެވެ. އެ ބިން 7.07 ކްރޯޑް ރުޕީސްއަށް ގަނެފައިވާއިރު، ހަތަރުވަނަ ބިމުގެ ގޮތުގައި 8,900 އަކަމީޓަރުގެ ބިން ގަނެފައިވަނީ 1.39 ކްރޯޑް ރުޕީސްއަށެވެ.
ޖުމްލަ 1,04,000 އަކަމީޓަރު (ގާތްގަނޑަކަށް 25.7 އޭކަރު) ގެ މި ބޮޑު ބިމުގެ މުއާމަލާތަށް ސްޓޭމްޕް ޑިއުޓީގެ ގޮތުގައި އެކަނިވެސް 82.13 ލައްކަ ރުޕީސް ހޭދަކޮށްފައިވެއެވެ.
މިއީ ފާއިތުވި މަސްތަކުގައި ރަންބީރު ރިއަލް އެސްޓޭޓްގެ ދާއިރާއިން ކުރި ފުރަތަމަ އިންވެސްޓްމަންޓެއް ނޫނެވެ. މިއަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ އަޔޯދިޔާގެ 'ދަ ސަރަޔޫ' ޕްރޮޖެކްޓުން 2,134 އަކަފޫޓުގެ ބިމެއް 3.31 ކްރޯޑް ރުޕީސްއަށް ބައްލަވައިގެންފައެވެ. ސަރަޔޫ ކޯރުގެ އައްސޭރީގައި ތަރައްގީކުރާ މި ޕްރޮޖެކްޓަކީ ލަގްޒަރީ ހޮޓަލަކާއި ޒަމާނީ ގިނަ ވަސީލަތްތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ.
ރަންބީރު ކަޕޫރުގެ މި އިންވެސްޓްމަންޓަކީ ބޮލީވުޑްގެ ތަރިން މުމްބާއީގެ ބޭރުން ބޮޑެތި ބިންތައް ގަތުމަށް ގެންގުޅޭ އާދަ ހާމަވެގެންދާ ކަމެކެވެ. ރަންބީރުގެ އިތުރުން އަމީތާބް ބައްޗަން، ކާތިކް އާރްޔަން، ކްރިތީ ސަނަން އަދި ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރުމާ ފަދަ މަޝްހޫރު ފަރާތްތަކުން އަންނަނީ ޕޫނޭ، އަލީބާގް އަދި ގޯއާ ފަދަ ސަރަހައްދުތަކުން ބޮޑެތި ބިންތައް ގަނެ، ރިއަލް އެސްޓޭޓް ދާއިރާގައި އިންވެސްޓް ކުރަމުންނެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު