މަޝްހޫރު އެކްޓަރު ދިލްޖީތު ދޯސާންޖް ލީޑް ރޯލުން ފެންނަ ފިލްމު "ސަތުލުޖް" (ކުރީގެ ނަމުން ނަމަ ޕަންޖާބް 95) އާންމު ތަންތަނުގައި ޤާނޫނާ ޚިލާފަށް ދައްކަމުންދާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ޕަންޖާބް އެންޑް ހަރިޔާނާ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެޑްވޮކޭޓް ވިނީތު އިންދަލްއެވެ. އޭނާ ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ، އިންޑިއާގެ ޕަންޖާބާއި ޖައްމޫގެ އެކި ސަރަހައްދުތަކުގައި މި ފިލްމު ހުއްދަނެތި، އާންމު ސްކްރީންތަކުގައި ދައްކަމުންދާ ކަމަށެވެ. އަދި މިފަދަ ސްކްރީނިންގްތަކަކީ މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެދި، ސަލާމަތީ ބާރުތަކާއި ވަކި ގައުމީ ނުވަތަ ދީނީ ޖަމާއަތްތަކާ މެދު ނަފުރަތު އުފެއްދުމަށް ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ.
ހަނީ ތުރެހާން ޑައިރެކްޓްކޮށްފައިވާ "ސަތުލުޖް" އަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމް 'ޒީ5' ގައި ރިލީޒްކުރި ނަމަވެސް، އެކި ސަބަބުތަކާހުރެ ޖުލައި 5 ވަނަ ދުވަހު ވަނީ އެ ޕްލެޓްފޯމުން އުނިކޮށްފައެވެ. އޭގެ ފަހުން، ފިލްމު ރަސްމީކޮށް ބެލޭނެ އެއްވެސް ގޮތެއް ނެތް ނަމަވެސް، ބައެއް ފަރާތްތަކުން އަމިއްލައަށް އިސްނަގައިގެން އާންމުންނަށް މި ފިލްމު ދައްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އެޑްވޮކޭޓް ވިނީތު ވިދާޅުވި ގޮތުގައި، ސެންސަރު ބޯޑުގެ ހުއްދައެއް ނުވަތަ ގާނޫނީ ހުއްދައެއް ނެތި ފިލްމެއް ދެއްކުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އެހެންކަމުން، މިކަން އިންތިޒާމުކުރާ ފަރާތްތަކާއި، ސިޔާސީ އަދި ދީނީ ޖަމާއަތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށާއި، ފުލުހުންގެ ތަހުގީގެއް ހިންގުމަށް އޭނާ ވަނީ ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ އަރިހުން އެދިފައެވެ.
މި މައްސަލައާ ގުޅިގެން ޒީ5 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގައި މި ވަގުތު މި ފިލްމު ބެލޭނެ ގޮތެއް ނެތް ކަމަށާއި، ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން ފިލްމު އަލުން ބެލުންތެރިންނަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުއްދަނެތި މި ފިލްމު އެއްވެސް ތަނެއްގައި ނުދެއްކުމަށާއި، އޮންލައިންކޮށް ދައުރު ނުކުރުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު