މޮރޮކޯގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް ރޭވި ޓެރަރިސްޓު ރޭވުންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، މޮރޮކޯގެ ސަލާމަތީ ބާރުތަކުން އެ ޓެރަރިސްޓު ރޭވުންތައް ނާކާމިޔާބުކޮށްލުމަށް ކުރި މަސައްކަތާއި އެ ފަރާތްތަކުގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފައެވެ. އަދި މޮރޮކޯގެ ސަރުކާރާއި އެ ގައުމުގެ އަޚްވަންތަ ރައްޔިތުންނާ އެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވެއެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ ކޮންމެ ސިފައެއްގައި ނަމަވެސް ހިންގާ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހަރުކަށި އަމަލުތައް ހަރުކަށިކޮށް ކުށްވެރިކުރާކަން ތަކުރާރުކޮށްފައެވެ.
އެފަދަ އަމަލުތަކަށް އެއްވެސް ޖަސްޓިފިކޭޝަނެއް ނުވަތަ ބަހަނާއެއް ނޯންނާނެކަން ފާހަގަކޮށް، މޮރޮކޯގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ.
ބަޔާން ނިންމާލަމުން، ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު