މާފަންނު ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި މިއަދު ހެނދުނު ރޯވި އަލިފާން އެމްއެންޑީއެފުން ކޮންޓްރޯލްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ތަފްސީލް ފަހުން ޙިއްސާކުރާނެ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

އާންމުވެފައިވާ ވީޑިއޯތަކުގައި އެގެއިން ވަރަށް ބޮޑަށް ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އަދި އިމާރާތުން އަރާ ދުން ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު