ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި ކަމަށް، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޖިޓަލައިޒޭޝަން ބިލަށް ބަހުސް ކުރައްވަމުންނެވެ. މެމްބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ޤާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އެތައް ކަމެއް ޙައްލުނުވެ ހުރި ކަމަށެވެ. އަދި ޤައުމު ޑިޖިޓަލް ކުރުމުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ހުރީ އިންތިހާއަށް ދަށްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި ކަން ފާހަގަ ކުރަށްވަމުން ފިއްޓެ ވިދާޅުވީ، މިފަދަ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ ވަޒީރުންނާ ސުވާލު ކުރުމުން ވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެގޮތުން ބ. އޭދަފުއްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ގެނައި ޑޮކްޓަރުންގެ ޓިކެޓަށްވާ ފައިސާ، ފިނޭންސް މިނިސްޓްރީގައި ސިޓީގެ ޒަރިއްޔާއިން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، މިއަދާ ހަމައަށް ވެސް ނުލިބޭކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ. އޭގެއިތުރުން ޖިންސީ ކުށުގެ ޤާނޫނުގައި ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި "ރޭޕް އެވިޑެންސް ކިޓް" ހުންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދެ އަހަރު ވެގެންދާ އިރު ވެސް، އެ ކިޓު ލިބެން ހުރީ ހަމައެކަނި ހުޅުމާލޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން ޒިޔާދު ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ތިބީ ފަޤީރުވެ، ހާލުގައި ޖެހިފައި ކަމަށެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު