ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު
މާލޭގެ ކަރަންޓުގެ މައްސަލަ ޙައްލުވާނެ މަގެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައްކާފައި ވާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުނު ކަރަންޓް ކެނޑުމާއި ގުޅިގެން ޑރ. މުޢިއްޒު ވިދާޅުވީ، ބްރިޖް ހުރަސްކޮށް މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމަށް މީގެ 3 އަހަރު ކުރިން ފައްޓަވާފައިވާ މަޝްރޫޢު އަވަހަށް ނިންމުމަކީ މާލޭގެ ކަރަންޓުގެ ޚިދުމަތަށް އޮތް ޙައްލު ކަމަށެވެ.

މީގެ އިތުރުން މުޢިއްޒުވަނީ، މާލޭ އިންޑަރސްޓްރިއަލް ވިލެޖުން ސްޓެލްކޯ އަށް 2018 ވަނަ އަހަރު ދީފައިވާ ބިމުގައި ޤާއިމްކުރަން ހަވާލުކުރި ޕަވަރ ހައުސް ގާއިމްކުރުމުންވެސް ކަރަންޓުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.



މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑުނީ މިއަދު ހެނދުނު 7:00 ހާއިރުން ފެށިގެންނެވެ. މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކޮަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސަބަބު ސްޓެލްކޯއަކުން އަދި ހާމައެއް ނުކުރެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެއާއި ވިލިމާލެއަކީ ކަރަންޓުގެ ޚިދުމަތް ވަކިން ދޭ ދެ ސަރަހައްދު ކަމަށްވާތީ ހުޅުމާލެއާއި ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތަކަށް ބުރުލެއް ނާރައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޝަރީފު

23-Oct-2020

ޔާމީނުގެއާއި މުއިޒުގެ 17 ބުރިއަށް އެރީމަ ކަރަންޓު ހަށްލުވީތަ



ޓްރެންޑިން