ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް އަލުން ކަރަންޓު ދީފިއެވެ.
ސްޓެލްކޯ އިން މިއަދު މެންދުރު 01:12 ހާއިރު ހާމަކުރި ގޮތުގައި، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ޚިދުމަތް ދިނުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުން ކުރަމުންދާ ކަމަށް އެ ވަގުތު ބުނެފައިވެއެވެ.
އެއަށްފަހު، މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު މީގެ އިރުކޮޅެއް ކުރިން ސްޓެލްކޯއިން ބުނެފައިވަނީ، މާލެ އަދި ހުޅުމާލެއިން ކަރަންޓު މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް، މި ޓެކްނިކަލް މައްސަލަ ދިމާވާން މެދުވެރިވި ސީދާ ސަބަބެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދޫކުރެވުނު ނަމަވެސް، އަދިވެސް އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ޚިދުމަތް ނުލިބިވާނަމަ އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅައި އެކަން އެންގުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން، ކުއްލިއަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު