99 އަހަރުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، ބިމުގެ ކުލީގެ ގޮތުގައި އެމެރިކާއިން ދައްކަން ޖެހެނީ އަހަރަކު އެންމެ 1 ޑޮލަރުގެ ރަމްޒީ ފީއެކެވެ.
އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ މި އެއްބަސްވުން އިއުލާނު ކުރައްވަމުން ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ތާރީޚީ ނިންމުމެއް ކަމަށެވެ. މި ބިމަކީ ގުދުސްގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންގެ ދާއިމީ މަރުކަޒަށް ވެގެންދާނެއެވެ.
މި ނިންމުމަކީ 2017 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ، އެމެރިކާގެ އެމްބަސީ ތަލްއަވީވުން ގުދުސްއަށް ބަދަލުކުރުމަށް ނިންމި ނިންމުމުގެ ކުރިއެރުމެކެވެ. 2018 ވަނަ އަހަރު އެމްބަސީ ރަސްމީކޮށް ހުޅުވާފައިވާއިރު، ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކާއި ޖަމިއްޔާތަކުން ވަނީ މިކަމާ ހަރުކަށިކޮށް ދެކޮޅު ހަދާފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އަދިވެސް ގަބޫލުކުރަނީ ގުދުސްގެ މައްސަލައަށް ހައްލެއް ހޯދަންވާނީ ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.
މި ބިމާ ގުޅޭގޮތުން ގާނޫނީ އަދި އިންސާނީ ހައްގުތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ. އިޒްރޭލުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'އަދާލާ' އިން ހާމަކޮށްފައިވާ ގޮތުގައި، އެމްބަސީ އެޅުމަށް ކަނޑައަޅާފައިވާ ބިމަކީ 1948 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ އާއިލާތަކުގެ އަމިއްލަ މިލްކުވެރިކަމުގައި އޮތް ބިމެކެވެ. އަދި އިޒްރޭލުން އެ ބިންތައް ފޭރިގެންފައިވަނީ 1950 ވަނަ އަހަރު އަމަލުކުރަން ފެށި 'އެބްސެންޓީސް ޕްރޮޕަޓީ ލޯ' (ވެރިފަރާތް ނެތް މުދަލާ ބެހޭ ގާނޫނު) ގެ ދަށުންނެވެ.
އަދާލާ ޖަމިއްޔާއިން ބުނާ ގޮތުގައި، ފަލަސްތީނުގެ އަމިއްލަ މީހުންގެ ބިންތައް މިގޮތަށް ފޭރިގަނެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ޚާއްސަކޮށް ހޭގް ރެގިއުލޭޝަންސްގެ 46 ވަނަ މާއްދާއާ ޚިލާފު މި އަމަލު ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ގުދުސްގެ މިލްކުވެރިކަމާ މެދު އޮތް ބައިނަލްއަގުވާމީ ބަހުސްތައް އިތުރަށް ހޫނުވެ، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ މައްސަލައިގައި އިޒްރޭލާއި އެމެރިކާއަށް އޮތް ފާޑުކިޔުންތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު