ސިނގިރެޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާޙް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ.
މި ބިލަކީ، 2026 ޖުލައި 1 ވީ ބުދަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމެވެ.
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީއަކީ، 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ރައީސް މުޢިއްޒު މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި އިސްލާހުގެ ދަށުން ސިނގިރޭޓުން ނަގާ އެޑްވަލޮރަމް ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން، ކޮންމެ ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިން ނޮވެމްބަރު 2024 ގައި ގެނައި ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 240 ރުފިޔާ އާއި 250 ރުފިޔާ އާ ދެމެދުގެ އަގަކަށް އުފުލިފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު